އެމްޑީޕީގެ 2024 މަޖިލިސް ޕްރައިމަރީ ތެރެއިން؛ ފޮޓޯ / ވޮއިސް
އެމްޑީޕީގެ 2024 މަޖިލިސް ޕްރައިމަރީ ތެރެއިން؛ ފޮޓޯ / ވޮއިސް
ހަބަރު 08 Oct 2026 | 09:50

އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު އަންނަ މަހު 27 ގައި؛ ޓައިމްލައިން އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަން އިއުލާންކޮށް ގައުމީ މަޖިލިސް އިންތިހާބުގެ ޓައިމްލައިން މިއަދު އާންމުކޮށްފި އެވެ.

އެ ތާވަލުގައިވާ ގޮތުން، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނީ އޮކްޓޫބަރު 10 ގައެވެ. އޭގެ ތިން ދުވަސް ފަހުން މާލޭގެ ވޯޓުލާ މަރުކަޒުގައި އޮފިޝަލުންގެ ގޮތުގައި ނަން ހުށަހެޅުމަށް ވެސް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވެވޭ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު 20 ގެ މެންދުރުފަހު 14:00 އެވެ.

ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ސުންގަޑި އާއި މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި ވެސް ކަނޑައަޅާފައި އޮތީ އޮކްޓޫބަރު 25 ގެ މެންދުރުފަހު 14:00 އަށެވެ. ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް އެއް ދުވަހުގެ މުއްދަތެއް ދޭ ގޮތަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 27 ގައެވެ.

ހަމަ އެ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލައި، ނޮވެމްބަރު 6 ގެ މެންދުރުފަހު 14:00 ގައި އެ ފުރުސަތު ބަންދުވާނެއެވެ. ރީ-ރަޖިސްޓްރޭޝަން ލިސްޓާ މެދު ޝަކުވާ ހުށަހެޅޭ ފަހު ތާރީހަކީ ނޮވެމްބަރު 12 އެވެ. ކެންޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމަށް އޮކްޓޫބަރު 29 ގައި ފެށި، ނޮވެމްބަރު 8 ގެ މެންދުރުފަހު 14:00 ގައި ހަމަވާ ފުރުސަތެއް ދޭން ވެސް ތާވަލުކޮށްފައިވެއެވެ.

ދާއިމީ ވޯޓާސް ލިސްޓު ނޮވެމްބަރު 14 ގައި ހާމަކުރާ އިރު، ވޯޓުފޮށި ބަހައްޓާ ތަންތަން ނޮވެމްބަރު 23 ގައި އިއުލާންކުރާ ގޮތަށް ވަނީ ރާވައިފައެވެ.

ވޯޓުލުން ކުރިއަށް ގެންދަން ރާވާފައި ވަނީ ނޮވެމްބަރު 27 ގެ މެންދުރުފަހު 14:30 އިން ރޭގަނޑު 20:30 އާ ހަމައަށެވެ. ވޯޓުލުން ނިމުމުން ވަގުތީ ނަތީޖާ އެ ރޭ އިއުލާންކޮށް، ދާއިމީ ނަތީޖާ ނޮވެމްބަރު 30 ގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބަކީ އެމްޑީޕީން ދާދި ފަހުން އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތައް ގެނައުމަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.