އޭސީސީގެ އާ މެންބަރުން ހުވާކޮށްފި، އާ ރައީސަކާއި ނައިބެއް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 4 ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ.
1- އަލްއުސްތާޛާ ފާޠިމަތު އަނޫލާ, ގަލޮޅު ވަޑިނޮޅުގެ
2- އަލްފާޟިލާ މަރްޔަމް ޝިއުނާ، އައްޑުއަތޮޅު ހިތަދޫ ނެދުންގެ
3- އަލްފާޟިލާ ޢާއިޝަތު ޢަބްދުﷲ، ފާދިއްޕޮޅު ހިންނަވަރު ރޯލްގޯލްގެ
4- އަލްފާޟިލް ޢަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366، މިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.
އޭސީސީގެ މެންބަރުންގެ މެދުގައި މިއަދު ނެގުނު ވޯޓަކުން ވަނީ ކޮމިޝަންގެ އާ ރައީސާއި ނައިބު ރައީސްވެސް އިންތިޚާބުކޮށްފައެވެ. އެއީ ކޮމިޝަންގެ ރައީސްކަމަށް މަރިޔަމް ޝިއުނާ އަދި ނައިބު ރައީސްކަމަށް ފާތިމަތު އަނޫލާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް