މައްސަލަ ހައްލުކުރުމަށްފަހު ހުޅުމާލެއަށް ކަަރަންޓް ދީފި
މައްސަލަ ހައްލުކުރުމަށްފަހު ހުޅުމާލެއަށް ކަަރަންޓް ދީފިއެވެ.
އެކަމާއި ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައިިވަނީ ހުޅުމާލޭގައި ކުރިއަށް ދާ ސިފްކޯ ޕްރޮޖެކްޓަށް ބޭނުންކުރަމުން އައި ޖަނަރޭޓަރަކަށް މައްސަލަ ޖެހިގެން ކަމަށެވެ.
ނަމަވެސް އެމަސައްސަލަ ހައްލުކޮށް 40 ވަރަކަށް މިނެޓް ތެރޭގައި ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެއިން ކަރަންޓް ގޮސްފައިވަނީ މިއަދު ހެދުނު ދިހައެއް ޖަހާ އެހަކަން ހާއިރުއެވެ.
ހުޅުމާލެއިން ކަރަންޓް ގޮސްފައިވާއިރު، މިހާރަކަށް އައިސް މާލޭގެ ބައެއް ހިސާބުތަކުންވެސް ކަރަންޓް ދާ ކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް