އެމްޑީޕީގެ އުނގޫފާރު ދާއިރާގެ ކެނޑިޑޭޓަށް މަރުގެ އިންޒާރުދެނީ
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ވަހީދު (ވައްޑޭ)އަށް މަރުގެ އިންޒާރު ދޭން ފަށައިފިއެވެ.
މިކަން ހާމަކޮށް އެމްޑީޕީގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ނާޒިމް ވިދާޅުވީ ރޭ ވައްޑޭއަށް ބަޔަކު މަރުގެ އިންޒާރު ދީފައިވާ ކަމަށާއި މިކަން ހިނގައިފައިވަނީ މީގެ ކުރިން މީރުބަހުރުގޭގައި ހުންނަ އޭނާގެ ޖަގަހައިގައި ބަޔަކު މީހުން ރޯކޮށްލުމަށްވެސް މަސައްކަތް ކޮށްފައިވަނިކޮށް ކަމަށެވެ.
އަދި މީހަކު ވައްޑޭއަށް ފާރަލަމުން ގެންދާކަމަށްވެސް ނާޒިމް ވަނީ ބުނެފައެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ނާޒިމް ވަނީ ފުލުހުންނާއި ސީޕީ ހަމީދުގެ އަރިހުން އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް