އެމްއާރްއެމް އުފެއްދުމަށް ފޯމް ހުށައަޅައިފި
މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވަން އުޅުއްވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ފޯމް ހުށައަޅައިފިއެވެެ.
އިލެކްޝަންސް ކޮމިޝަނަށް މި ފޯމް ހުށައެޅިގެން އެމްއާރްއެމްއިންވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަަށް އެދޭ ފޯމް އެމްއާރްއެމްގެ ފަރާތުން ހުށައަޅާފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަންގެ ނަންފުޅުގައެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓްއަކީ މީގެ ކުރީގައިވެސް ސިޔާސީ ޕާޓީއެއްގެ ނަމެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް