ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ
ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
މިމީހާގެ މޫނު ފެންނަ ސީސީޓީވީ ފުޓޭޖް ހިއްސާކުރަމުން ފުލުހުން ބުނީ، މިމީހާ 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފަރކުރިކަމުގެ ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އޭނާ އަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
މިއާއިއެކު ފުލުހުން ވަނީ މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް