ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފުރުޤާން މިސްކިތައް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.
މިފަހުން ފުރުޤާން މިސްކިތް ތެރެއަށް ބޮޑުކަމުގޮސްފައިވާއިރު، މިސްކިތުގެ ވުޟޫކުރާ ބަޔަށްވެސް ވަނީ ބޮޑުކަމުގޮސްފައެވެ. ފުރުޤާން މިސްކިތަކީ ވައްކަންކުރާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަރަށްގިނައިން ގެއްލުންދީ ހަދާ މިސްކިތެކެވެ.
ފުލުހުން ވަނީ މި ފަހަކުން ފުރުޢާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފުރުޤާން މިސްކިތާއި އެ މިސްކިތުގެ ތަކެއްޗަށް ގެއްލުންދީ، ހަރުގަނޑުތަކުގައި ހުރި މުުސްޙަފްތައް ނަގައި ބިމަށް އުކާލި މައްސަލައެއްގައެވެ. މި މައްސަލާގައި ކޯޓުން ވަނީ އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އޭނާ މިސްކިތައް ގެއްލުންދީފައިވަނީ މިދިޔަ ހޮނިހިރިދުވަހު އެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް މިސްކިތްތަކުގެ ހުރުމަތް ކަނޑައި މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލައަކީ މިއަދު ވަރަށް އާއްމުވެފައިވާ މައްސަލައެކެވެ. މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ކައިރިކައިރީގައި މިސްކިތްތަކަށް ހަމަލާދޭ ދިނުން ނުހުއްޓުވޭ މައްސަލާގައި އާންމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިފަހުން ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލައި ގެއްލުން ދީފައިވާކަން ފާހަގަޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް