ޔޫތު މިނިސްޓްރީން ތިމާވެށީގެ ކާނިވަލެއް ހުޅުވައިފި
ޔޫތު މިނިސްޓްރީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ތިމާވެށީގެ ކާނިވަލެއް މާލޭގެ ޒުވާނުންގެ މަރުކަޒުގައި ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީއާއި އެންވަަޔަރަމެންޓް މިނިސްޓްރީގެވެސް ހިއްސާއާއިއެކު ބާާއްވާ މި ޚާއްސަ ކާނިވަލްގައި ގަސް ހެއްދުމާއި ބެހޭ ގިނަ ކަންކަމުގެ މައުލޫމާތުތައް އާންމުންނަށް ހިއްސާކުރުން ކުރިއަށްދާނެއެވެ.
އެގޮތުން ގަސްގަހަށް އާންމުކޮށް ޖެހޭ ބަލިތަކާއި ބެހޭ މައުލޫމާތު ދިނުމާއި، ގަސްކާނާ ހެޔޮކޮށް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާާއި، ގަސްހެއްދުމަށް ބޭނުންކުރާ ކެމިކަލް އަދި ގަސްކާނާއިން ލިބޭ ފައިދާ އަދި ގެއްލުމާއި އަދި ގޭތެރޭގައި ގަސް ހެއްދުމާއި ބެހޭ މައުލޫމާތުވެސް މި ކާނިވަލްގައި ފޯރުކޮށްދޭނެއެވެ.
މި ކާާނިވަލްގައި ގަހާއި ބެހޭ ސާމާނު އުފައްދާ އަދި ވިއްކާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް