ފިޔަވަތިން ފިލި ހަތް ކުދިން އަނބުރާ ހޯދައިފި
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ 12އަހަރުން ދަށުގެ ކުދިން ބަލަހައްޓާ ފިޔަވަތިން ތިން ކުއްޖަކު ފިލައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 07:10ހާއިރު ހުޅުމާލޭ ފިޔަވަތިން ހަތް ކުއްޖަކު ފިލައިގެން ދިޔަކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރި މަސައްކަތުން އެ ކުދިންތައް ޓްރީޓޮޕް ހޮސްޕިޓަލްގެ ކައިރީގައި ހުރި ފެންސެއްގެ މައްޗަށް އަރާތިއްބާ، އެކުދިން އެތަނުން ނަގައި ފިޔަވައްޗާއި އަނބުރާ ހަވާލުކުރިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ދާދިފަހުންވެސް ހުޅުމާލޭ ފިޔަވަތި ފެންސްމަތިން ކުދިންތަކެއް ފުންމާލި މައްސަލަ ވަނީ ފެންމަތިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް