N/A
N/A
ހަބަރު 16 Feb 2019 | 04:41

އެމްއެމްޕީއާރްސީގެ މައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ފޭލްވުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭޝަން އިންޓެލިޖެންސް ޔުނިޓް އުފެއްދެވީ 2014 ވަނަ އަހަރުގެ އެޕްރީލްމަހު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި، މަނީލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫންގެ ދަށުންނެވެ. އެ ޔުނިޓަކީ މަނީ ލޯންޑަރިންގެ ޙަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތްތަކާއި ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ މަޢުލޫމާތު ހޯދައި، ދިރާސާކޮށް އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ޤައުމީ އިދާރާކަމަށް ގާނޫންގައި ބުނެފައިވެއެވެ. އެކަމަކު މިއީ އަމިއްލައަށް ތަހްގީގު ހިންގުމުގެ ބާރުދީފައިވާ އިދާރާއެއްނޫނެވެ. މައްސަލައެއް ފާހަގަކުރެވިގެން ތަހްގީގު ހިންގަން ބޭނުންވާނަމަ ދައުލަތުގެ ތަހްގީގީ އިދާރާތަކުގައި އެކަމަށް އެދެންޖެހެއެވެ. މިޔުނިޓްގެ ވެރިޔަކީ ހިންގުމުގެ ދާއިރާއިންނާ މާލީ ދާއިރާން ރާއްޖޭގައި އިލްމާއި ތަޖްރިބާ ލިބިވަޑައިގެންހުންނެވި މއ އާސްތާނާ އާތިފް ޝަކޫރެވެ.

ބޭންކް އޮފް މޯލްޑިވްސްއިން 2014 ވަނަ އަހަރުނޮވެމްބަރު މަހުގެ 27 ގައި އެބޭންކަށް ޝައްކުކުރެވޭ ފައިނޭންޝަންޝަލް ޓްރާންސްސެކްޝަނެއް ( އެސްޓީއާރް) އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރިއެވެ. އެރިޕޯޓްއައިސްފައިވަނީ އެސްއޯއެފް ކިޔާ ކުންފުންޏަކަށް އެމްއެމްޕީއާރްސީން ދޫކޮށްފައިވާ 59 މިލިޔަން ރުފިޔާގެ ޗެކެއްގެ މައްސަލާގައެވެ. ބޭންކް އޮފް މޯލްޑިވްސްއިން ޝައްކުވާ މައްސަލައެއްގެގޮތުގައި ހުށަހެޅީ ކުންފުންޏާއި ނުބައްދަލު އެހާ ގިނައަދަދެއްގެ ފައިސާ އައުމުން އެކުންފުންޏާއިބެހޭ މައުލޫމާތު ހޯދުމަށް އެދުވަހު ބޭންކުން މަސައްކަތްކުރި މުވައްޒަފަށް މައުލޫމާތުދޭން އެސްއޯއެފުން ދެކޮޅު ހެދުމުންނެވެ. ފައިނޭންޝަލް ޔުނިޓަށްއައި އެސްޓީއާރްއާއެކު ޗެކް އެޓޭޗްކުރެވިފައިވެއެވެ.

އެއަހަރުގެ އެޕްރީލްމަހު އެސްއޯއެފުން ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓް ހުޅިދުވަހުން ފެށިގެން އެހާ ހިސާބަށް އެސްއޯއެފްގެ ބޭންކު އެކައުންޓްގައި ހުރީ 5 ލައްކަ ފަސްދޮޅޮސް ފަސްހާހެއްހާ ރުފިޔާއެވެ. ދެން ކުއްލިއަކަށް މިއައީ 59 މިލިޔަން ރުފިޔާގެ ޗެކެވެ. އެއަށްފަހު ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުން އެސްއޯއެފްގެ މުއާމަލާތްތައް އިތުރު ބެލުމުން ވަރަށް ބޮޑެތި ޢަދަދުތަކުގެ، ބައިވަރު ޓްރާންސެކްޝަންތަކެއް ހަދާފައިވާކަން ފާހަގަވިއެވެ. އަދި އެމް.އެމް.ޕީ .އާރ.ސީ އާއި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްއާ އޮތް ލިންކް ފާހަގަކުރެވި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޓްރާންސެކްޝަންތައް ހިނގަނީ ކިހިނެތްކަމާއި، އެ އެކައުންޓަށް ފައިސާ ވަދެފައި، ފައިސާ ނުކުމެގެން ދަނީ ކިހިނެތްކަމާއި އަދި ފައިސާތައް ދަނީ ކޮންކޮން އެކައުންޓްތަކަކަށްކަން އެނގިގެންދިއައެވެ. އެމްއެމްޕީއާރްސީއަށް ވަންނަންޖެހޭ ފައިސާތައް އެސްއޯއެފްގެ އެކައުންޓަށް ވަނުން އެކަންޏެއްނޫނެވެ. އެހާވަރަށް އެއެކައުންޓުން ފައިސާ ވިތުޑްރޯވްވެސް ކުރަމުންދިޔައެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި އެނައިލިސިސްގައި މިއީ މަނީލޯންޑަރކުރަނީކަމަށް ނުދެކުނެވެ. އެނަލިސިސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އާދަޔާ ޚިލާފު ކަންތައްތަކެއް ކަމުގައި ވީނަމަވެސް އެ ކަންތައްތަކުން މަނީ ލޯންޑަރިންގެ އެއްވެސް ޢަމަލެއް ނުވަތަ މަނީ ލޯންޑަރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކަމަށް ޝައްކުކުރެވޭ ވަރުގެ އިންޑިކޭޝަންއެއް ލިބިފައިނުވާކަމަށް ނިންމާފައިވެއެވެ. އަދި އިތުރަށް ތަޙްޤ ޤު ކުރަން ތަޙްޤީގު އިދާރާއަކަށް ފޮނުވަން ނުޖެހޭކަމަށްވެސް ނިންމާފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު އެމްއެމްޕީއާރްސީގެ ތަހްގީގުގެ ރިޕޯޓްގައި މިމައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ފޭލްވެގެންދިޔަގޮތް ގެނެސްފައިވެއެވެ.

ޒިންމާ އުފުލާނީ ކާކު؟

ފައިނޭންޝަލް އިންޓެލިޖެންސް ހެޑް އާތިފް ޝަކޫރު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެނައިލިސިސްގެ ނިންމުމުގައި އެހެންއޮތަސް އެކަމަކީ ތަޙްޤީޤީ އިދާރާއަކުން ތަޙްޤީޤް ކުރަންޖެހޭ ކަމެއްކަމަށް އޭނާއަށް ޤަބޫލުކުރެވިގެން، އެ އެނަލިސިސް ރިޕޯޓާއެކު އެމްއެމްއޭގެ ގަވަރނަރް އާޒިމާ އާދަމްއަށް އޭނާ މައުލޫމާތު ޙިއްޞާކުރިކަމަށެވެ. އަޒީމާގެ ޖަވާބަކަށްވީ މިވަގުތު ފޯކަސްކުރަންބޭނުންވަނީ ބޭރު ގައުމުތަކުން ހިންގާ ވަގުފައިސާގެ ޓްރާންސެކްޝަންތައް ބަލައި އެނަލައިޒްކުރުންކަމަށާއި ބްލެކްމަނީ ނޫންއެއްޗެއްސާއިގެން އުޅުމަށް އަދި ރިސޯސްވެސް ނެތްކަމަށެވެ. ގަވަރުނަރުގެ އިރުޝާދުގެ ދަށުން އެމައްސަލަ ތަހްގީގުކުރަން އެއްވެސް އިދާރާއަކަށް ފައިނޭންޝަލް ޔުނިޓުން ނުފޮނުވާކަމަށް އޭނާ ބުނެފައިވެއެވެ. އެރިޕޯޓް އެމްއެމްއޭގެ ގަވަރނަރާއި ހިއްސާކުރަން ބޭއްވުނު ބައްދަލުވުންތަކުގެތެރެއިން ބައެއް ބައްދަލުވުންތަކުގައި ހިމެނުނު މުވައްޒަފުންގެ ވާހަކަ އާތިފް ޝަކޫރު ގެނެސްފައިވެއެވެ.

އެކަމަކު އާތިފް ޝަކޫރުގެ ބަޔާނުގައި ބުނެފައިވާ ވާހަކަތައް ގަވަރުނަރުކަން ކުރެއްވި އަޒީމާއާއި އަދި އާތިފް ޝަކޫރު ފާހަގަކޮށްފައިވާ އެހެން މުވައްޒަފުންގެ ވާހަކަތަކުގައި ވަރަށް ބޮޑެތި ޚިލާފްތަކެއް ހުއްޓެވެ. އާޒިމާ ވިދާޅުވެފައިވަނީ ފައިނޭޝަލް ޔުނިޓްގެ މަސައްކަތްތަކާއިގުޅޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް އޭނާއާއެކު ނުބާއްވާކަމަށެވެ. އެހެންނަމަވެސް ބައެއްކަންކަން އެޔުނިޓުގެ ބޭފުޅުން އޭނާއަށް އިންފޯމްކޮށްލާކަމަށާއި މައްސަލައެއް ހުށަހެޅުމުން ބުނެލާފައި ހުންނަކަމަށެވެ. އެހެންނަމަވެސް އެއީ ރިޕޯޓްކުރުމުގެ ގޮތުންނޫންކަމަށާއި ގަވާއިދުތަކާބެހޭގޮތުން ބާއްވާ ބައްދަލުވުންތައް ނިންމާފައި އެކަހަލަ ވާހަކަތައް ފާހަގަކޮށްލާކަމަށެވެ. ރަސްމީކޮށް އޭނާއަށް އެފަދަ މައްސަލައެއް ރިޕޯޓްނުކުރާނެކަމަށާއި އަދި ޔުނިޓަށް ވެރިޔަކު ހަމަޖެއްސުމަށްފަހު އޭނާއަށް އެފަދަ މައުލޫމާތު ހިއްސާނުކުރަން އަންގާފައިވާނޭކަމަށާއި ވަކިގޮތަކަށް މައްސަލައެއް ނިންމަން އަންގާފައިނުވާނެކަމަށް ބުނެފައިވެއެވެ.

އެސްއޯއެފްގެ އެސްޓީއާރްގެ ވާހަކަ ގަވަރުނަރާއި ހިއްސާކުރި ދުވަހު ބައްދަލުވުމުގައި ބައިވެރިވި ފައިނޭންޝަލް ޔުނިޓްގެ އެހެން މުވައްޒަފަކު ބުނެފައިވަނީ " އެކަން ގަވަރނަރއާ ޙިއްޞާކުރުމުން ވަކިބައެއްވީމަ ވަކިގޮތެއް ނުހެދުމަށާއި، ހުރިހާ އެވެނިއުސްތައް ބެލުމަށާއި، އެނަލިސިސް ރަނގަޅަށް ހެދުމަށް ގަވަރނަރ ވިދާޅުވިކަމަށް" އެވެ. އެނޫން އިރުޝާދެއް ގަވަރުނަރުގެ ފަރާތުން ލިބިފައިނުވާކަމަށް މިމައްސަލާގައި ބަޔާންތައް ދީފައިވާ އެމްއެމްއޭގެ އެހެން މުވައްޒަފުންވެސް ބުނެފައިވެއެވެ. އަދި މައްސަލަކުރިއަށްގެންދާނެގޮތުގެ ވަކި އިރުޝާދެއް ގަވަރުނަރުދެއްވާފައިނުވާކަމަށާއި އެނައިލިސިސް ރިޕޯޓް ނިންމުމުގެ ކުރިން އިރުޝާދު ހޯދުމަށް އާތިފް ޝަކޫރު ގަވަރުނަރާއި ބައްދަލުކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީގެ ރިޕޯޓްގައިވާގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކާއި ގަވަރުނަރު ސީދާ ބެހޭކަން އެގެންނެތެވެ. ސަބަބަކީ އެޔުނިޓަކީ ގާނޫނަކުން ބާރުލިބިގެން ހިންގާ ވަކިޔުނިޓަކަށްވުމާއި އެޔުނިޓުގެ ހެޑަކީ ގަވަރުނަރުގެ އިރުޝާދާއި ނުލައި އަމިއްލައަށް ނިންމުންތައް ނިންމުމުގެ އިޚްތިޔާރުތައް ދެވިފައިވާ ފަރާތަކަށްވުމެވެ.

ކޮންމެއަކަސް އޭސީސީގެ ރިޕޯޓުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަރަށް މަތީދަރަޖައަކަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ލިބުނު މައުލޫމާތުތަކަށް ދޭންޖެހޭ ސީރިއަސްކަމާއި ސަމާލުކަންނުދީ ދޫކޮށްލާފައިވާކަން އެގެއެވެ. މަނީލޯންޑަރިންގެ ތުހުމަތުކުރެވޭނެ ކިތަންމެ ކަމެއް އޭސީސީގެ ރިޕޯޓުން ފެންނަން ހުއްޓެވެ. މިކަމުގައި އިހުމާލްވުން އޮތީ ކޮންފަރާތެއްގައި ކަން އޭސީސީގެ ރިޕޯޓުން ދޭހަވެއެވެ. ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓެވެ.

މިމައްސަލައަށްފަހު މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެފް.އައި.ޔޫގެ ހެޑްގެ ގޮތުން އޮތް ޒިންމާ އުފުލުމުގެ ޤާބިލްކަން ނެތްކަމަށް ބުނެ، އެފް.އައި.ޔޫގެ ހެޑްގެ މަޤާމުން އިބްރާހ މް އާޠިފް ޝަކޫރު 2015 ވަނަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅުވަނީ އިސްތިއުފާދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...