ފަހި ފްލެޓްތައް ކައިރީ އަލިފާނުގެ ހާދިސާއެއް، ހިތާމަވެރި ކަމެއް ދިމާވުމުގެ ކުރީން ފިޔަވަޅު އަޅަން ޖެހޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފަހި ފްލެޓްތައް ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފޭސް 2ގެ ދޯދި ފުލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 02:21 ހާއިރު ކަމަށް ވެސް ބުންޏެވެ.

ރޯވީ އެ ސަރަހައްދުގައި ހުރި ބޮޑު ކުނިފުންޏެކެވެ. މިއީ ފްލެޓްތަކަށް ބަދަލުވީ މީހުން އެ ސަރަހައްދަށް ޖަމާކުރި ކުނި ކަމަށް ބެލެވެ އެވެ. ކުނިތަކުގައި ރޯވެ ބޮޑު އަލިފާންގަނޑެއް އުފެދުނެވެ.

ފްލެޓްތަކުގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅޭއިރު މިފަދަ ހާދިސާއެއްފައި ހިތާމަވެރި ކަމެއް ދިމާވުމުގެ ކުރީން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުނިފުނީގައި ރޯވީ ކީއްވެ ކަމެެއް ސާފެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް