ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި
ވައިބާރުވެ ކަނޑުތަށް ގަދަވާނެކަމަށް ލަފާކޮށް، ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މިސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން މެންދުރު 15:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އެވަގުތު ތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށްވާރޭ ވެހި ގުގުރުމާއިއެކު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މީގެ އިތުުރުން މުޅި ރާއްޖެއަށްވެސް އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް