ލ.ގަމު ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެ އަނދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ލ.ގަމު ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އިންޖީނުގޭގައި ވަނީ ވަރަށްބޮޑަށް އލަިފާން ހިފާފައެވެ. އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުފަހު 2.55 ހާއިރުއެވެ. ގަމުން ވާހަކަދެއްކި މީހަކު ބުނީ ފުރަތަމަ ހުޅުހިފީ ސައިލެންސަރުގައި ކަމަށެވެ.
އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އިތުރު ތަފްސީލް އަންނަނީ..
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް