މަދަހައިގެ ފޮޓޯއެއް
މަދަހައިގެ ފޮޓޯއެއް
ދީން 15 Jun 2024 | 06:02

ޒަމާނީ ބަދަލުތަކާއި، ތަފާތު ވީޑިއޯ އަކާއިއެކު ޝިފާއުގެ އަޑުން މީ ޚަލީލާ ޛަބީޙީ އުޖާލާ ހަނދާން މަދަހަ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޒަމާނީ ބަދަލު ތަކާއި، ބަލާލަން ހިތްގައިމު ވީޑިއޯ އަކާއިއެކު، މޫސާ ޝިފާޢުގެ އަޑުން “މީ ޚަލީލީ ޛަބީޙީ އުޖާލާ ހަނދާން” މަދަހަ ރޭ ދޫކޮށްލައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަމުގެ މައްޗަށް އަލިއަޅުވާލާފައުވާ މި މަދަހައިގެ އަސްލު މަދަހަ ކިޔުއްވާފައިވަނީ، މަރްޙޫމް ހޮޅުދޫ އަބްދުالله އެވެ.

އެ މަދަހަ ޒަމާނީ ބަދަލު ތަކާއިއެކު، ނެރުފައިވަނީ އިސްލާމިކް ރިދަމް ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ. 
އެގޮތުން، ކުޑަ ހުސެއިންގެ އޯޑިއޯ ރެކޯޑިންގެ ދަށުން މޫސާ ޝިފާޢުގެ އަޑުން ރެކޯޑުކޮށްފައިވާ މި މަދަހައިގެ ވީޑިއޯ އެނިމޭޝަން ހަދާފައިވަނީ ލޫޕް ކްރާފްޓުންނެވެ.

ނިމިދިޔަ ފިތުރު ޢީދަށްވެސް ޝިފާއުގެ އަޑުން ޒަމާނީ ބަދަލު ތަކާއި އެކު ޢީދާއި ގުޅޭގޮތުން ކުރިން އެކި މީހުން ކިޔުއްވާފައިވާ ލަވަތައް މިޔުޒިކާއި ނުލައި ނެރެފައިވާއިރު، މިފަހަރު މި ނެރުނު މަދަހައިގެ އެންމެ ތަފާތު ކަމަކީ، ވީޑިއޯ އެނިމޭޝަންއެވެ.

އެގޮތުން، މަދަހައިގައި ކިޔަމުންދާ އިބާރާތްތަކާއި، މަދަހައިގެ ރާގާއި އެއްގޮތަށް ވީޑިއޯ އެނިމޭޝަން ހަދާފައިވާއިރު، އެ ވީޑިއޯއިން އިބްރާޙިމްގެފާނާއި، ހާޖަރުގެފާނު، ދަރިކަލުން އިސްމާޢީލްގެފާނާއިއެކު މައްކާއަށް ދަތުރުފުޅު ކުރެއްވިއިރު އެތަން އޮތް ގޮތާއި، މާތް الله، އިސްމާއީލްގެފާނަށްޓަކައި އެ ބިމުން ޒަމްޒަމް ފެން ނެރުއްވި ގޮތާއި، އެއާއެކު ހަނަފަސް އެ ބިމަށް ދިރުން ލިބިގެންދިޔަގޮތާއި، ގެފުޅު ބިނާކުރެވިގެން ދިޔަ ދިޔުން ދައްކާލާފައިވާގޮތް ވަރަށް ހިތްގައިމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް