ހިތަދޫ ފިހާރަ ފަޅާލައި ތިޖޫރީ ވަގަށް ނަގައިފި
އައްޑޫ ސިޓީ ހިތަދޫ ފިހާރައެއް ފަޅާލައި ތިޖޫރީ ވަގަށް ނަގައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ފަޅާލާފައިވާ ހިތަދޫ އެޕޯލޯ ފިހާރައެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 6:22ގައެވެ.
ތިޖޫރީ ވަގަށް ނަގާފައިވަނީ ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެންނެވެ. ވަގަށް ނެގި ތިޖޫރީގައި 1200 ޑޮލަރާއި 27،704 ރުފިޔާ ހުންނާނެކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. ވަގަށް ނެގި ތިޖޫރީ ފުލުހުންގެ މަސައްކަތުން މިހާރު ހޯދާފައިވާ ކަމަށާއި، ތިޖޫރީ ފެނުނު އިރު އެއްވެސް ފައިސާއެއް ނެތްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް