ބޮޑުވަޒީރު ނަރެންދުރަ މޯދީ
ބޮޑުވަޒީރު ނަރެންދުރަ މޯދީ
ދުނިޔެ 02 Jun 2024 | 09:29

އަހަންނަކީ ހިންދޫ ކަލާނގެ ވަކި މަގްސަދެއްގައި މިބިންމައްޗަށް ފޮނުވާފައިވާ މީހެއް- ބޮޑުވަޒީރު މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ހިންދޫ ގޯޑްގެ ވަކި މަގްސަދަކަށްޓަކައި މަތިން ފޮނުވިފައިވާ ފަރާތެއްކަމުގައި އޭނާ ދައުވާ ކޮށްފިއެވެ. އިންޑިއާގައި ހަ ހަފްތާއަށް ދެމިގެންދިޔަ ގާނޫން ހަދާ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންތެރޭގައި އެންމެފަހުން އޭނާ އެންޑީ ޓީޥީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އޭނާއަކީ ހިންދޫ ގޯޑަށް ވަރަށް ކުށްތަންވެ އަޅުވެތިވާ ފަރާތެއްކަމުގައެވެ.

" އަހުރެންނަށް އިލްހާމްކޮށްދެވިފައިވަނީ ގޯޑް އަހަރެން ފޮނުވާފައިވަނީ ވަކި މަގްސަދެއްގައިކަމަށް. އެމްގަސަދު ފުރިހަމަވުމުން އަހަރެންގެ ވަޒީފާ އެނިމުނީ"

ނަރެންދުރަ މޯދީއަކީ ހިންދޫއެކެވެ. ހިންދޫދީނުގައި ގޯޑް ނުވަތަ ކަލާނގެތައްކަމަށް ހިންދޫން ގަބޫލުކުރާ އެތައް ބުދުތަކެއް ހިމެނެއެވެ.

އޭނާ ފޮނުވާފައިވަނީ ކޮން މަގްސަދެއްގައިތޯ އެންޑީޓީވީގެ ޕްރެޒެންޓަރ ސުވާލު ދެންނެވުމުން ވިދާޅުވީ ގޯޑްގެ ޕްލޭން އޭނާއަށް ހާމަ ނުކުރާ ކަމަށެވެ.

" ކަންކަން ކުރަން އަހަރެންނަށް މަގުދައްކައިދެނީ. އަހަރެންނަށް ކަނޑައަޅާފައިވާ ޕްލޭނަކީ ކޮބައިކަން އޮޅުން ފިލުވަން އަހަރެންނަށް ސީދާ އޭނާ ( ގޯޑް ) އަށް ޑައިލްކުރަން ޑައިރެކްޓް އެކްސެސްއެއް ނޯވޭ، "

މިދިޔަ މަހުގެ ކުރީކޮޅު ސީއެންއެން ނިއުސް 18 އަށް ދެއްވި އިންޓަވިއުއެއްހައި ވެސް އިންޑިއާގެ ބޮޑުވަޒީރު އޭނާ ހިންދޫ ގޯޑާއި ގުޅިފައިވާކަން ހާމަކޮށްފައިވެއެވެ. އޭނާގެ ބޮޑުވަޒީރުކަމުގައި ދުވަހަކުވެސް ޕްރެސްކޮންފަރެންސެއް ނުދެއްވައެވެ. މިފަހަރު ހުރިހައި މީޑިއާތަކަށް ކަހަލަ ގޮތަކަށް އިންޓަވިއުދެއްވަމުން ވަޑައިގަތެވެ.

ސީއެންއެން އިންޓަވިއުގައި އޭނާ ވިދާޅުވީ އޭނާގެ މަންމަގެ ދުނިޔޭގައި އޭނާ ހީކުރެއްވީ އޭނާއަކީ އޭނާގެ އުފަންވުން ގުޅިފައިވަނީ ބަޔަލޮޖިކަލް ( ވިހެއުމުގެ ) އުފަންވުމެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު މަންމަ މަރުވުމުން އަމިއްލަ ހަޔާތުގެ ތަޖުރިބާތަކަށް ބަލައިލުމުން އޭނާއަކީ ގޯޑް ވަކި މަގްސަދެއް ހާސިލުކުރުމަށް އުފައްދާފައިވާ އާލާތެއްކަމަށެވެ. ހިންދޫ ގޯޑްތަކާއި އޭނާ ގުޅިފައިވާ މިންވަރު ހާމަކޮށްދިނުމަށްޓަކައި އިންތިޚާބުގެ ކެމްޕެއިންތެރޭގައި ފައްޅިތަކަށް ވަޑައިގެން ގިނަ ހަރަކާތްތަކެއް އޭނާ ހިންގަވާފައިވެއެވެ. އޭނާ ފައްޅިފައްޅިއަށް ވަޑައިގަންނަވާއިރު އިންޑިއާގެ ހުރިހައި ޓީވީ ޗެނަލްތަކުން ލައިވްކޮށް ދައްކާފައި ހުރެއެވެ. ރައްޔިތުން ވޯޓްލަމުންދިޔައިރުވެސް ޓީވީތަކުން އޭނާ ފައްޅީގައި އަޅުކަންކުރަން އިންނަތަން ލައިވްކޮށްފައި ހުރެއެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވަނީ މިއީ އިންޑިއާގެ އިންތިޚާބުގައި ނިކަމެތިން މަގުފުރައްދައި އޭނާގެ މާތްކަމާއި މަތިވެރިކަމުގެ ޖާދޫގައި ޖެއްސުމަށްޓަކައި ރާވައިގެން ހިންގަވާފައިވާ ޕްރޮޕެގެންޑާ ކެމްޕެއިންތަކެއް ކަމަށެވެ. މޯދީ އަމިއްލަފުޅަށް ތިމަންނާއަކީ ގޯޑް ވަކި މަގްސަދެއްގައި މިބިންމައްޗަށް ފޮނުވާފައިވާ ފަރާތެއްކަމަށް ދައުވާކުރުމުން އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރ ރާހުލް ގާނދީ އެކަމަށް ޖޯކް ޖައްސަވައި ވިދާޅުވީ ގޯޑް، މޯދީ ފޮނުވާފައިވަނީ އިންޑިއާގެ ނިކަމެތި ފަގީރުންނަށް އެހީވުމަށް ނޫންކަމަށާއި މަހްޖަނު އަދާނީއަށް އެހީވުމަށް ކަމަށެވެ. ކޮންމެ މީހަކީވެސް ވިހާފައިވާ މީހެއްކަމަށާއި އެކަމަކު މޯދީ ބުނާގޮތުން އޭނާއަކީ އުފަންނުވާ މީހެއްކަމަށެވެ.

އިންޑިއާގެ ވޯޓްލާ ރައްޔިތުންގެތެރޭގައި ގިނައީ ލިޔަންކިޔަން ނުދަންނަ ފަގީރު ނިކަމެތިންނެވެ. އާބާދީގެ 80 އިންސައްތަ މީހުންނަކީ ހިންދޫ ބުދުތަކަށް އަޅުކަންކުރާ މީހުންނެވެ. މޯދީގެ ޕާޓީއަކީ ހިންދޫ ދީން ކުރިއަރުވައި އެހެންދީންތަކުގެ މީހުންނާއި ދެކޮޅު ހަރަކާތްތައް ޕްރޮމޯޓްކުރުމުގެ ވަރުގަދަ އެޖެންޑާއެއް ތަންފީޒުކުރަމުންދާ ޕާޓީއެއްގެ ގޮތުގައި މީހުންނަށް ދައްކާ ޕާޓީއެކެވެ. އެޕާޓީއަކީ ހިންދޫންގެ ހައްދުފަހަނައަޅާފައިވާ ފިކުރު ކުރިއަރުވާ މުޅި އިންޑިއާ ހިންދޫކުރުމުގެ އެޖެންޑާއެއް ގެންގުޅޭ ޕާޓީއެއްގެ ގޮތުގައިވެސް ތުހުމަތު ކުރެވިފައިވެއެވެ. މިފަހަރު ކެމްޕެއިންތެރޭގައި ބީޖޭޕީގެ ތާއީދު ދަށްވެދާނެކަމަށް ފެނިގެން އިންޑިއާގެ ހުރިހައި މީޑިއާއެއް ކޮންޓްރޯލްކޮށް މާ ވަރުގަދައެއްކޮށް ދީނީ ކާޑު ބީޖޭޕީން ކުޅުނެވެ.

އިންޑިއާގައި ހަތް ފިޔަވައްސަކަށް ކުރިއަށް ދިޔަ ޕާލަމެންޓްރީ އިންތިޚާބު މިހާރުވަނީ ނިމިފައެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ މިމަހުގެ ހަތަރުވަނަ ދުވަނުން ފެށިގެންނެވެ. އެކަމަކު އެކްސިޓް ޕޯލްތައް ދައްކާގޮތުން އިންތިޚާބު ކާމިޔާބު ކުރިކަމަށް މޑީއާތަކުން ބުނަމުންދަނީ ބީޖޭޕީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
08 Oct 2026 ދުނިޔެ

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، އެފްރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. އިންޑިއާގެ...