ޒުވާން ފެތުންތެރިޔާ މުބާލް އަނެއްކާވެސް ގައުމީ ރެކޯޑެއް އާކޮށްފި
ކުރިއަރަމުން އަންނަ ޒުވާން ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް އަނެއްކާވެސް ފެތުމުގެ ގައުމީ ރެކޯޑެއް އާކޮށްފިއެވެ.
ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި އޭނާ އާކޮށްފައިވަނީ ފިރިހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑެވެ.
މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 02.26.27 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މިއީ މި މުބާރާތުގައި މުބާލް އައުކުރި 2 ވަނަ ރެކޯރޑެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯރޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25m) ގައި 02.26.35 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް