ޒަކާތް ދައްކަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޒަކާތް ދައްކަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު 09 Feb 2026 | 05:14

ޒަކާތު ފަންޑުން ޑިސެންބަރު މަހު ބޭސްފަރުވާއަށް 2.1 މިލިޔަން ރުފިޔާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މޯލްޑިވްސް ޒަކާތު ހައުސްއިން މިދިޔަ ޑިސެންބަރު މަހު ބޭސްފަރުވާއަށް އެހީގެ ގޮތުގައި 2.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތަފާސްހިސާބުގައިވާ ގޮތުން، ޑިސެންބަރު މަހު ބޭސްފަރުވާގެ އެހީ ޖުމްލަ 185 ފަރާތަކަށް ވަނީ ހަމަޖައްސައިދީފައެވެ. ބޭސްފަރުވާއަށް އެހީ ދޫކުރެވުނު ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެ ބައްޔަށް 301,075.50 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން، ސިކުނޑީގެ ބަލިތަކަށް 114,810.00 ރުފިޔާ، ކިޑްނީގެ ބަލިތަކަށް 36,083.50 ރުފިޔާ، ހިތުގެ ބަލިތަކަށް 68,967.00 ރުފިޔާ އަދި ފުއްޕާމޭގެ ބަލިތަކަށް 67,676.00 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޓްރާންސްޕްލާންޓްގެ ފަރުވާތަކަށް 25,443.00 ރުފިޔާ ހޭދަކޮށްފައިވާއިރު، އެހެނިހެން ބަލިތަކަށް އެހީގެ ގޮތުގައި 865,310.85 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ބައިން ބޭސްފަރުވާގެ އިތުރުން، ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް 91,000.00 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

"ފީސަބީލިالله" ބައިގެ ދަށުން ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ޤުރްއާން ހިތްދަސްކުރުމާއި ޤުރްއާންގެ ޢިލްމު ފެތުރުމަށް 521,733.43 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 420,698.09 ރުފިޔާ އަދި ފޮތް ތަރުޖަމާކުރުމަށް 401,950.00 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން މަތީ ތަޢުލީމުގެ ކޯސްތަކަށް 16,443.00 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތުގެ ކަންކަން ބަލަހައްޓާ ޢާމިލުންގެ ބައިން އިދާރީ މުވައްޒަފުންގެ އުޖޫރައަށް 284,518.55 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުވައްޒަފުން ތަމްރީނުކުރުމަށް 22,995.00 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޒަކާތު ހައުސްއިން ފާހަގަކޮށްފައިވާ ގޮތުގައި، ޑިސެންބަރު މަހުގެ ޚަރަދުތަކުގެ ތެރޭގައި ކުރީގެ މަސްތަކުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކަށް ކުރެވުނު ޚަރަދުތައްވެސް ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...