ލަންކާގެ ރިޔާސީ އިންތިޚާބު ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު ބާއްވަނީ
ސްރީލަންކާގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިކަން އިއްޔެ އިއުލާންކުރައްވައި ވާހަކަފުޅު ދައްކަވަމުން ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ޗެއަރމަން މަހިންދަ ދޭޝަޕްރިޔާ ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި 18ވަރަކަށް ކެނޑިޑޭޓުން ވާދަކުރާނެއެވެ. މިއީ ސްރީލަންކާގެ ތާރީޚުގައި ރެކޯޑް އަދަދެކެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ބުރު އޮވެދާނެކަމަށް ލަންކާގެ ސިޔާސީ މައިދާން ދިރާސާކުރާ މުފައްކިރުން ލަފާކުރެއެވެ. ސަބަބަކީ އެއްވެސް ފަރާތަކަށް އިންތިޚާބުގެ ފުރަތަމަ ބުރުން ފަންސާސް އިންސައްތައަށްވުރެ މަތިން ނުލިބިދާނެތީއެވެ.
މި އިންތިޚާބުގައި މައިގަނޑު މައްސަލަތަކެއްގެ ދައްކާނެ ވާހަކަތަކެއްގެ ގޮތުގައި ބެލެވެނީ ކޮރަޕްޝަނާއި، ގައުމީ ސަލާމަތާއި އިގްތިސާދުގެ ވާހަކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް