N/A
N/A
ހަބަރު 18 Dec 2019 | 03:52

ޒައިދު ނަޝީދަށް: ޕްރިންސް މުހައްމަދު ގައިގައި ބައްދައިގެން އޮތް އިރު އެވަރެއްނެތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު އާއި ގާތްގުޅުމެއް ބޭއްވުމަށްފަހު، ސައޫދީ އަރަބިއްޔާއަކީ ހަރުކަށި ފިކުރު އާލާކުރާ ގައުމެއް ކަމަށް ނަޝީދު ވިދާޅުވުމުން، ޝައިހު އަލީ ޒައިދު، ނަޝީދަށް ރައްދުދެއްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވި އިރު މިމަހުގެ އެއްވަަނަ ދުވަހު އެމަނިކުފާނާއި ރައީސް ސޯލިހު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު އާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. އަދި އެބައްދަލުވުމުގައި ނަންގަވައިފައިވާ ފޮޓޯތައްވެސް މީސް މީޑިއާގައި ނަޝީދު އާންމުކުރައްވާފައި ވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގައި އެބޭފުޅުން ގައިގައި ބައްދައިގެން ހުންނެވީ ސައޫދީގެ ޕްރިންސް މުހައްމަދެވެ.

ކައުންސިލަރުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑުގައި އިއްޔެ ކުރިޔަށް ގެންދިޔަ "ވިއަވަތި" މަސާހިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާގެ އިތުރުން އެހެން ގައުމުތަކުންވެސް ހަރުކަށި ފިކުރު އާލާކުރާ ކަމަށެވެ. އެ ގައުމުތަކުން ދިވެހި ދަރިވަރުން ތައުލީމު އުނގެނިގެން އެނބުރި ގައުމަށް އަންނަނީ ރާއްޖެއަށް ބޭނުންވާ ތައުލީމު އުނގެނިގެންތޯ ބަލަންޖެހޭ ކަމަށެވެ.

ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވައި ޝައިހު އަލީ ޒައިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދަކީ ދެ ފުށް ދެގޮތް ބޭފުޅެއް ކަމަށެވެ.

''ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ގައިގައި ބައްދައިގެން، އޮޅުލައިގަނެގެން ހުންނެވި އިރު އެވަރެއް ނެތް. މިހާރު ސައޫދީ އަކީ ޓެރަރިޒަމް ފަތުރާ ތަނެއް. ދެފުށް ދެގޮތްކަން މުޅިން އެހެން ލެވެލްއަކަށް.'' ޝައިހު ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ އެއްވެސް ޔުނިވާސިޓީއަކީ ހަރުކަށި ވިސްނުން ކިޔަވައިދޭ ތަންތަން ނޫން ކަމަށެވެ.

ނަޝީދުގެ އެވާހަކަފުޅަށް ޒައިދު ރައްދު ދެއްވި އިރު، އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމުވެސް ވަނީ ނަޝީދުގެ އެވާހަކަތަށް ރައްދު ދެއްވައި އަރަބި ބަހުން ޓުވީޓެއް ކުރައްވައިފައެވެ.

ސައޫދީ އަރަބިއްޔާގައި ވަޒީފާ އަދަކުރައްވަމުން ގެންދަވާ ޝަހީމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާގެ ޔުނިވަސިޓީތަކުން ތައުލީމް ފޯރުކޮށްދޭ ގޮތް އޭނާ އަށް އަމިއްލަފުޅަށް ވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

ނަޝީދު ކުރެއްވީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް ޝަހީމު ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ޔުނިވަސިޓީތަކުން ދަސްވެނިވެފައިވާ ބޭފުޅުން ރާއްޖޭގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ ކަމަށާއި އެބޭފުޅުންނަކީ ދިވެހިންގެ އިހްތިރާމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ އަށް ކުދިން ކިޔަވަން ނުފޮނުވަން ނަޝީދު އިންޒާރު ދެއްވާފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ޝަހީމު ވަނީ ކުށްވެރި ކުރައްވައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...