އީވާ ވެސް އަމިއްލަ ކެނޑިޑޭޓުންނާ ދެކޮޅަށް ނިކުންނަވައިފި
އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަންނަވާ ކެނޑިޑޭޓުންނަށް ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ އަމިއްލަ ފަރާތެއް ގޮނޑިއަށް އިންތިހާބު ވެއްޖެ ނަމަ، ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެކަަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތައް ގޮންޖެހުމަކާ ނުލައި ތަންފީޒު ކޮށްދޭނެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންކަމަށާއި އެއީ ސަރުކާރުގެ ކެންޑިޑޭޓުންކަމަށް އީވާ ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި އީވާ ވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވާ އެމްޑީޕީގެ ބޭފުޅުންނަކީ ޕާޓީއަށް އެއްވެސް އިހުލާސްތެރި ކަމެއް ނެތް ފަސޭހަކަމާ އެކު ޕާޓީ ބަދަލު ކުރަމުން ދާނެ ބަޔެއްކަމަށް ވިދާޅުވެފައެވެ.
އަދި ޖޭޕީން އޮތީ ސަރުކާރާއި އެކުގައިތޯވެސް އީވާ ވަނީ ސުވާލު އުފައްދަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް