16 އަހަރުގައި ވިހޭ އަންހެން ކުއްޖާއަށް މިނިސްޓްރީން ފިޔަވަޅު އަޅައިފި
އުތުރުގެ ރަށެއްގައި 16 އަހަރުގެ އަންހެންކުއްޖެއް ވިހާފައިވާ މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ރައްކާތެ ރިކަމުގެ ފިޔަވަޅު އަޅައިފިއެވެ.
ޖެންޑާއިން މީޑިއާތަކަށް މައުލޫމާދު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި އުތުރުގެ ރަށަކަށް ނިސްބަތްވާ 18 އަހަރުން ދަށުގެ ކުއްޖެއް ބަލިވެއިން މައްސަލަ އެއް އެރަށު ހޮސްޕިޓަލުން މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ފޮރޮޓެކްޝަން ސާރވިސް ސެންޓަރުގެ ސަމާލުކަމަށް ގެނައައުމާއި ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.
މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ މަންމަ އާއި ދަރިފުޅު ބޭނުންވާ އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން އާއިލާއާއި ގުޅިހގެން މިހާރު ދަނީ ފޯރުކޮށްދެމުންކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
16 އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅުގެ ބައްފައަކީ 15 އަހަރުގެ ކުއްޖެއްކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް