ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީ އުޅަނދެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފުން ވަނީ މިކަން ޔަގީންކޮށްދީފައެވެ. ރޯވެފައިވަނީ، ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. އެމްއެންޑީއެފުްނ ބުނީ، ސަފާރީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
ސަފާރީގައި ރޯވިއިރު ރިބީ ކިހާ އަދަދެއްގެ މީހުންނެއްކަމެއް އަދި ނޭނގެއެވެ. އަދި ސަފާރީގައި ތިބި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.
މިދުަވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމް ހައި ސީޒަންކަމުން މިއީ ސަފާރީތަކުގެ ވިޔަފާރިވެސް އެންމެ ރަނގަޅު ދުވަސްވަރެވެ.
އިތުރު ތަފްސީލް އަންނަނީ..
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް