ޕެންޝަން އޮފީހަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަތަ ސީއީއޯއަކު ހޯދަން އިއުލާންކޮށްފިއެވެ.
ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވާގޮތުގައި އެ މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލްކޮށް ސީނިއާ މެނޭޖްމަންޓް ލެވެލްގައި 10 އަހަރު ހޭދަކޮށްފައިވުން ހިމެނެއެވެ.
މި މަގާމުގެ މުއްދަތަކީ ތިން އަހަރެވެ. ނަމަވެސް މަސައްކަތުގެ ޕާފޯމެންސަށް ބަލައި މަގާމުގެ މުއްދަތު އިތުރުކުރެވޭނެގޮތަށް އެ އޮފީހުން ވަނީ ނިންމާފައެވެ.
ޕެންޝަން އޮފީހަށް ސީއީއޯއަކު ހޯދުމަށް އިއުލާންކޮށްފައިވަނީ އެ ވަޒީފާގައި ކުރިން ހުންނެވި މުހައްމަދު ހުސެއިން މަނިކުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް