ބިރިޔާނީ
ބިރިޔާނީ
ލައިފްސްޓައިލް 12 Jul 2024 | 05:40

މިއޮތީ މީރުކޮށް ބިރިޔާނީ ކައްކާނެ ގޮތުގެ ފޯމިއުލާއެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބިރިޔާނީ އަކީވެސް ތަފާތު ގޮތް ގޮތަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. ބައެއް ފަހަރު އެ ކެއްކޭ ގޮތަކުން ވަރަށް މީރުކޮށްވެސް ކެއްކި ދާނެއެވެ. އަނެއްބައި ފަހަރު ވަރަށް ނުބައިވެސް ވެއެވެ. އެހެންކަމުން، ބިރިޔާނީވެސް މީރުކޮށް ކައްކާނެ ގޮތުގެ ރަނގަޅު ފޯމިޔުލާއެއް ބޭނުންވާއިރު، މިފަހަރު ‘ވޮއިސް’ގެ ބަދިގެއިން މި ގެނެސްދެނީ އެ ފޯމިޔުލާ ނުވަތަ އެ ޚާއްސަ ރެސިޕީއެވެ.

ބަތް ކައްކަން ބޭނުންވާ ތަކެތި

1 ލާހި ބާސްމަތީ ހަނޑޫ

3 ބޭލީފް

3 ކަރަންފޫ

3 ކާފޫރު ތޮޅި

2 އިންޗި ފޮނިތޮށި

ފެން

ރަހަލާވަރަށް ލޮނު

ތެޔޮ

ތައްޔާރު ކުރާނެ ގޮތް

ހަނޑޫ ދޮވެލުމަށްފަހު، ބަތް ކައްކާ ތެއްޔަށް އަޅާލައި، އެއަށް ފެން އަޅާލާށެވެ. ފެން އަޅާނީ ހަނޑޫތަކުގެ މައްޗަށް، ގާތްގަނޑަކަށް ތިން އިންޗި ހުންނަ ވަރަށެވެ.

ދެން ލޮނާއި، ކުޑަ ތެޔޮ ފޮދަކާއި ދެންވެސް ހުރި ހުރިހާ އެއްޗެއް އަޅާލުމަށްފަހު ބަތް ކައްކާލާށެވެ. ބަތް ކެކުމުން، ފެންގަނޑު ރަނގަޅަށް ނުހިނދުނު ކަމުގައި ވިޔަސް ކޫކަރުގެ ތެރެއިން ތެލި ނަގައި، ތޮރުފި ތައްޓަކަށް ބަތްއެތި ލުހެލާށެވެ.

ކުކުޅު ތައްޔާރު ކުރަން ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު (ހަން ނޮޅައި ރީތިކޮށް ކޮށާފައި)

އިނގުރު ލޮނުމެދު ޕޭސްޓް

5 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

ހިކަނދިފަތް

ރާނބާފަތް

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

2 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

3 މޭޒުމަތީ ސަމުސާ ބިރިޔާނީ މަސާލާ

1 ޕްލެއިން ޔޯގަޓް

1 ސައިސަމުސާ ދިރި

ދެއިނގިލިން ހިފާލެވޭވަރު ސެފްރޮން ކޮޅެއް

ކޮރެއަންޑާ ފަތް ކޮޅެއް

1/3 ސައި ސަމުސާ މުގުރި ކާފޫރު ތޮޅި

1/3 ސައި ސަމުސާ މުގުރި ފޮނިތޮށި

1/3 ސައި ސަމުސާ ހަކުރު

1 1/2 ޖޯޑު ކެއްކި ފެން

2 ފޮތި އަލަނާސި ( ކުދިކޮށް ކޮށާފައި)

1 ޖޯޑު ކަނަމަދު

1 ޖޯޑު ކެޝޫ ނަޓް

1 ޖޯޑު ހިކި މޭބިސްކަދުރު

ގިތެޔޮ މިރުސް

ރޯސް ވޯޓަރ

ލޮނު

ތެޔޮ

5 ބިސް (ކައްކައި މެދުން ފަޅާފައި)

ތައްޔާރު ކުރާނެ ގޮތް

1) 1 ސައިސަމުސާ ލޮނުމެދު/އިނގުރު ޕޭސްޓް އަދި 3/4 ސައިސަމުސާ ލޮނު ކޮޅެއް އަޅާލުމަށްފަހު 30 މިނެޓް ވަންދެން ކުކުޅުކޮޅު މެރިނޭޓް ކޮށްލާށެވެ. އެއަށްފަހު ކުކުޅު ކޮޅު ރޯ ފިލަންދެން ތެލުލާލާށެވެ.

2) ދެން ފިޔާކޮޅާއި 1 ސައި ސަމުސާ ލޮނުމެދު/އިނގުރު ޕޭސްޓް، ހިކަނދިފަތް، ރާނބާފަތް ތެޔޮ ފޮދެއްގައި މީރުކޮށްލާށެވެ.

3) އެއަށްފަހު، ޓޮމާޓޯ ޕޭސްޓް، ކުކުޅު ހަވާދު، ބިރިޔާނީ މަސާލާ، ޓޮމާޓޯ ސޯސް ތިން.  K ކޮރެއަންޑާ ފަތްކޮޅެއް، ގިތެޔޮ މިރުސް އަޅާލުމަށްފަހު ފްރައި ކޮށްލާށެވެ. ދެން ހޫނުފެންފޮދު އަޅާލުމަށްރަނގަޅަށް ކައްކާލާށެވެ.

4) ދެން ޔޯގަޓް، ހަކުރު ކޮޅު، ލޮނު، މުގުރި ކާފޫރު ތޮޅި، މުގުރި ފޮނި ތޮށި، އަޅާލުމަށްފަހު އެކުލަވާލާށެވެ. މާ ހިކި ނަމަ އިތުރު ހޫނުފެން ފޮދެއް އަޅާލާށެވެ.

5) ލޮނު ހެޔޮވަރު ކުރުމަށްފަހު ކުކުޅު ކޮޅު އަޅާލައި އިރުކޮޅަކު ކައްކާލާށެވެ. މާ ހިކިވާނަމަ އިތުރު ފެން ފޮދެއް އަޅާލާށެވެ.

6) ދެން ވަކި ތެޔޮ ފޮދެއްގައި، ފިޔާ، ކަނަމަދު، ކެޝޫނަޓް އަދި ހިކި މޭބިސްކަދުރު ތެލުލާލާށެވެ. އެ އެއްޗެހި ތައްޓަކަށްއަޅާލައި، އެއަށް ދެ އިނގިލީން ހިފޭވަރުގެ މުގުރި ފޮނިތޮށި އަދި މުގުރު ކާފޫރު އަޅާލައި، ރޯސް ވޯޓަރ ވެސް ބުރުވާލުމަށްފަހު، ތެލުލި އެތިކޮޅު އަތުން އެކުލަވާލާށެވެ.

7) ދެން ތެއްޔެއްގައި ލެޔާސްއަށް އަތުރަން ފަށާށެވެ. އެންމެ ތިރީގައި ބަތް، އޭގެ މަތީ އަލަނާސި ކޮޅެއް، ބެހެއްޓުމަށްފަހު ރޯސް ވޯޓާކޮޅެއް ބުރުވާލުމަށްފަހު، ކުކުޅު ލޭޔާއެއް، ދެން އޭގެ މަތީގައި ބިސް ލެޔާއެއް، އެއަށްފަހު ތެލުލި ފިޔާއާއި ނަޓްސް ލެޔާއެެއް ހަދާލާށެވެ. މިގޮތަށް އިތުރު ލެޔަރ އެއް ހަދާލުމަށްފަހު މައްޗަށް ކޮރެއަންޑާ ފަތް ކޮޅެއް އަޅާލާށެވެ. ދެން މަތި ޖަހައިގެން މަޑު ގިނީގައި ތިން މިނެޓް ވަންދެން ކައްކާލާށެވެ.

ބިރިޔާނީ އެހުރީ ތައްޔާރު ވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...