ހުޅުމާލޭ އަޒީޒާ މިސްކިތަށް ގެއްލުންދީފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ގެއްލުންތަކެއް ދީފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ މަސްޖިދު އަޒީޒާ މިސްކިތަށް ގެއްލުންދީފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ މިސްކިތަށް ގެއްލުންދިންކަމަށް ބެލެވެނީ މެންދަމު 03:30 ހާއިރުކަމަށެވެ.
މިސްކިތަށް ދިން ބޮޑެތި ގެއްލުންތަކުގެ ތެރޭގައި ބައެއް ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅާލުން ހިމެނެއެވެ.

މީގެ އިތުރުން މިސްކިތު އެތެރޭގައި ހުރި މުސްހަފްތައް އުކާލުމާއި އެތަކެއްޗަށް ގެއްލުންދިންކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ބެހޭގޮތުން ފުލުހުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. މިސްކިތްތަކަށް ދޭތެރެއަކުން ގެއްލުންދޭއިރު، މިސްކިތުގައި ހުންނަ ތަކެތި ވަގަށް ގެންދިއުމަކީވެސް ދޭތެރެއަކުން ހިނގަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް