އިތުރު ފަރުވާއަށް ނިމާލް ރާއްޖެއިން ބޭރަށް ގެންދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސްޓްރޯކެއް ޖެހި ސީރިއަސް ހާލަތެއްގައި އޮތް ފިލްމީ ތަރި އަހްމަދު ނިމާލް, އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.
އާއިލާއާ ހަވާލާދީ އެމްއެސްޕީއޭ އިން މިރޭ ބުނީ ޑޮކްޓަރުގެ ލަފަޔާއެކު އިތުރު ފަރުވާއަށް ނިމާލް, ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނިމާލަށް މިވަގުތު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ. އާއިލާއިން އުންމީދުކޮށްގެން ތިބީ އޮޕަރޭޝަނަށް ފަހު ހާލަތު ރަނގަޅު ވަމުން އަންނާނެ ކަމަށެވެ. އެހެން ކަމުން ވީހާވެސް ގިނަ ބަޔަކު ހެޔޮ ދުއާކޮށް ދިނުމަށް އެދިފައިވެ އެވެ.
ނިމާލަށް ސްޓްރޯކެއް ޖެހުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ. ސައިކަލުގައި ދަނިކޮށް އުނދަގޫތަކެއް ވާތީ މަޑުކޮށްލިތަނާ ވެއްޓުނީ އެވެ. ނިމާލް, އޭޑީކޭއަށް ގެންދިޔައީ ފުލުހުންނެވެ. އޭޑީކޭގައި ފަރުވާ ދިން ނަމަވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރީ ޖެހިގެން އައި ދުވަހު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް