އިންތިޚާބުގައި ވާދަކުުރުމަށް އަލްހާން ފަހުމީ ފޯމް ހުށައަޅުއްވައިފި
މިއަަހަރުގެ އެޕްރީލްމަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އަލްހާން ފަހުމީ ފޯމް ހުށައަޅުއްވައިފިއެވެ.
އަލްހާން ފަހުމީ މިއަދު ފޯމް ހުށައަޅުއްވާފައިވަނީ ހެންވޭރު އުުތުރު ދާއިރާއަށް ވާދަކުރެއްވުމަށެވެ. އަލްހާން އެ ދާއިރާއަށް ވާދަކުރައްވަނީ ޖޭޕީގެ ޓިކެޓެއްގައެވެ.
އަލްހާންގެ ފޯމް ހަވާލުކުރުމަށް ގޮސްފައިވަނީ ފައިމަގުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި، ބޮޑުބެރުގެ ހަރަކާތާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
އަލްހާން ވަނީ ފޯމް ހުށައެޅުއްވުމަށްފަހު އެ ހަރަކާތުގައި ބައިވެރިވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރުދަންނަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް