އަލަށް ހުޅުވުނު ހެޔޮ ފިހާރަ 3
އަލަށް ހުޅުވުނު ހެޔޮ ފިހާރަ 3
ވިޔަފާރި 03 Mar 2024 | 16:34

ގުރޭންޑް އޯޕަނިން ޕްރޮމޯޝަންއަކާ އެކު 'ހެޔޮ ފިހާރަ 3' ހުޅުވައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހެޔޮ އިންވެސްޓްމެންޓުން އެކުންފުނީގެ 'ހެޔޮ ފިހާރަ 3ވަނަ' ހުޅުވައި ހެޔޮ އަގުގައި މުދާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ހެޔޮ ފިހާރަ 3 ހުޅުވާފައި ވަނީ މާރޗް 1 ވަނަ ދުވަހުއެވެ. ހެންވޭރު ނިރޮޅުމަގު ގައި ހުޅުވުނު މިފިހާރައިން ވެސް އެކުންފުނިން ވިއްކަމުންދާ ހުރިހާބާވަތެއްގެ މުދާ ލިބޭނެ ކަމަށް ހެޔޮ ފިހާރައިގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ އައިޝަތު އާމާލް ވަނީ ވިދާޅުވެފައެވެ.

"މި ފިހާރައިން ލިބެންހުރި ބާވަތްތަކުގެ ތެރޭގައި ޗިކަން ތައި، ޗިކަން ވިންގްސް، ކޮށި ކުކުޅު، ސޮސެޖް، ނަގެޓްސް، ޗިކަން ޑްރަމްސްޓިކް، ބޯންލެސް ޗިކަން، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި، ބީފް، މަޓަން، މިކްސްޑް ތަރުކާރީ، ކޮލިފްލާވަރ، ބްރޮކޮލީ، މޮޒަރެއްލާ ޗީޒް، ގްރީން ޕީސް، ސްވީޓް ކޯން ފަދަ ބާވަތްތައް ހިމެނޭ" އާމާލް ވިދާޅުވިއެވެ.

ހެޔޮ ފިހާރަ 3 ހުޅުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕޮރޮމޯޝަން ކުރިޔަށް ދާނީ 7 މާރިޗް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އާމާލް މައުލޫމާތު ދެއްވައެވެ.

މާލޭގައި ފިނިކުރި މުދާ ހޯލްސޭލު އަދި ރީޓެއިލް ކުރަމުންދާ ހެޔޮ ފިހާރައަކީ މިވަގުތު ބާޒާރުގައި އެންމެ ހެޔޮ އަގުގައި ކޮށި  ކުކުޅު ހޯލްސޭލު އަދި ރީޓެއިލްކޮން ލިބެން ހުންނަ ފިހާރަކަން އާމާލް ފާހަގަކުރައްވައެވެ.

އާމާލު އިތުރަށް ވިދާޅުވީ މި ދުވަސް ވަރަކީ ދުނިޔޭގެ ބާޒާރުގައި ފިނި ކުރި ތަކެތި ލިބުން ދަތި ދުވަސް ވަރަކަށް ވީ ނަމަވެސް ހެޔޮ ފިހާރަގެ އަމާޒަކީ ލިބެން ހުންނަ މުދާ މާލޭގެ ބާޒާރުގައި ވީ އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮއްދިނުން ކަމަށެވެ. އަދި ކަސްޓަމަރުން އޯޑާރ ކުރާ މުދަލަށް ފައިސާ ދެއްކުމުން އެމުދާ ކަސްޓަމަރ ބުނާތާކައް ޑެލިވަރީ ކޮށްނިމުމުން ވައިބާ މެދުވެރިކޮށް ޑެލިވަރީގެ ތަފްސީލު ވަގުތުން ލިބޭނެ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އާމާލް ވިދާޅުވި ގޮތުގައި، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފިނިކުރި އެއްޗެހި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުންދެއެވެ. އަދި އަބަދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރީޓެއިލްކޮށް ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި، ފިނި ކުރި ސާމާނު ފޯރުކޮށްދިނުމަކީ އެ ފިހާރަގެ އަމާޒެއް ކަމަށެވެ.

ހެޔޮ ފިހާރަ އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބެން ހުރެއެވެ. އަދި ބޯޓު ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުންވެސް އޯޑަރުކޮށްލުމުން މުދާ ޑެލިވަރީކޮށްދެއެވެ.

ހެޔޮ ފިހާރައިން ލިބެން ހުންނަ ބާވަތްތައް އެ ފިހާރައިގެ ފޭސްބުކު ޕޭޖު HEYO INVESTMENT (Heyofihaara) މެދުވެރިކޮށް ބަލާލެވެން ހުރެއެވެ.

ބޭނުންވާ އެއްޗެއް ގަތުމަށް ފިހާރައަށް ގޮސް ގަނެވޭއިރު ހެޔޮ ފިހާރައިގެ ނަންބަރ 9639444 ނުވަތަ ހެޔޮ ފިހާރަ 2 ނަންބަރ 9305811 އަށް ގުޅައިގެން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް އޯޑަރު ދެވެއެވެ.

3 އަހަރު ދުވަސްތެރޭގައި ހެޔޮ އިންވެސްޓްމެންޓްގެ 3 ވަނަ ފިހާރަ ހުޅުވާފައިވަނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ އިތުބާރާއި އެއްބާރުލުމުން ކަން ފާހަގަކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް އާމާލު ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޯދައަށް ހެޔޮ ފިހާރައަށް މޮޒެރެއްލާ ޗީޒް އާއި ބޯންލެސް ޗިކަން ލިބިއްޖެ؛ މިފަހަރުވެސް އަގު ހެޔޮ
16 Feb 2026 ހަބަރު

ރޯދައަށް ހެޔޮ ފިހާރައަށް މޮޒެރެއްލާ ޗީޒް އާއި ބޯންލެސް ޗިކަން ލިބިއްޖެ؛ މިފަހަރުވެސް އަގު ހެޔޮ

ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހަށް ހެޔޮ ފިހާރައަށް މޮޒެރެއްލާ ޗީޒް އާއި ބޯންލެސްޗިކަން ލިބިފައިވާ ކަމަށް އެ ފިހާރައިން ބުނެފިއެވެ. އެގޮތުން ހެޔޮ ފިހާރައިން ބުނީ، އެ ތަކެއްޗާއި ފިނިކުރި އެހެނިހެ...

ހެޔޮފިހާރައިން އަނެއްކާވެސް ބޯންލެސް ޗިކަން އަގުހެޔޮވެއްޖެ
06 Nov 2025 ހަބަރު

ހެޔޮފިހާރައިން އަނެއްކާވެސް ބޯންލެސް ޗިކަން އަގުހެޔޮވެއްޖެ

މާލެ ސަރަހައްދުން އެންމެ ހެޔޮއަގުގައި ކުކުޅުގެ ބާވަތެއް ބޭނުންނަމަ އެންމެ ފުރަތަމަ ހިތައް އަންނަ ނަމަކީ "ހެޔޮ ފިހާރަ" އެވެ. ސަބަބަކީ ހެޔޮ ފިހާރައިން ވިއްކާ ކުކުޅުގެ ހުރިހާ އުފެއްދުންތަކެއްގެ އަގުތައް ...

ފަހު ދިހައަށް ހާއްސަކޮށް، ހެޔޮ ފިހާރައިން ވިއްކާ ފިނިކުރި ކުކުޅުގެ އަގުތައް ހެޔޮކޮށްލައިފި
21 Mar 2025 ހަބަރު

ފަހު ދިހައަށް ހާއްސަކޮށް، ހެޔޮ ފިހާރައިން ވިއްކާ ފިނިކުރި ކުކުޅުގެ އަގުތައް ހެޔޮކޮށްލައިފި

ރަމަޟާންމަހު ފަހު ދިހައަށް ހާއްސަކޮށް ހެޔޮފިހާރައިގެ އައުޓްލެޓްތަކުން ވިއްކަމުން އަންނަ ފިނިކުރި ކުކުޅުގެ ބާވަތްތަކުގެ އަގުތައް ހެޔޮކޮށްލައިފިއެވެ. ހެޔޮފިހާރައިން ބުނީ، ފަހު ދިހައިގެ ދުވަސްތަކުގައި އެ...

ހެޔޮފިހާރައިގެ ޕޯސްޓެއް ޝެއާކޮށްގެން، ހިލޭ ކުކުޅުފައިކޭހެއް ހޯދުމުގެ ފުރުސަތު
05 Dec 2024 ވިޔަފާރި

ހެޔޮފިހާރައިގެ ޕޯސްޓެއް ޝެއާކޮށްގެން، ހިލޭ ކުކުޅުފައިކޭހެއް ހޯދުމުގެ ފުރުސަތު

ހެޔޮފިހާރައަށް ހަތަރު އަހަރުފުރުމުގެ މުނާސަބަތުގައި ހިލޭ ކުކުޅުފައިކޭހެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހެޔޮފިހާރައިން ބުނީ އެ ފިހާރައަށް 4 އަހަރުވުމުގެ މުނާސަބަތުގައި ފޭސްބުކް ޕޭޖުގައިވާ އެނިވާ...

ހެޔޮ ފިހާރައިން ވިއްކާ ބަކަރި މަހާއި، ގެރި މަސް އަދި ބޯންލެސް ކުކުޅުގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފި
06 Nov 2024 ވިޔަފާރި

ހެޔޮ ފިހާރައިން ވިއްކާ ބަކަރި މަހާއި، ގެރި މަސް އަދި ބޯންލެސް ކުކުޅުގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފި

“ހެޔޮ ފިހާރަ” އިން ވިއްކާ ބަކަރި މަހާއި، ގެރި މަސް އަދި ބޯންލެސް ކުކުޅުގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފިއެވެ. ހެޔޮ ފިހާރައިން ބުނިގޮތުގައި، އެފިހާރައިން ބަކަރި މަހާއި، ގެރިމަހުގެ އިތުރުން ބޯންލެސް ކުކު...

ބާޒާރުގައި ކުކުޅު އަދި ބޯންލެސް ޗިކަން ހޯލްސޭލް އަދި ރީޓެއިލްކޮށް އެންމެ ހެޔޮ އަގުގައި ހެޔޮ ފިހާރައިން
12 Aug 2024 ވިޔަފާރި

ބާޒާރުގައި ކުކުޅު އަދި ބޯންލެސް ޗިކަން ހޯލްސޭލް އަދި ރީޓެއިލްކޮށް އެންމެ ހެޔޮ އަގުގައި ހެޔޮ ފިހާރައިން

ބާޒާރުގައި އެންމެ ހެޔޮ އަގުގައި ކުކުޅު އަދި ބޯންލެސް ޗިކަން ހޯލްސޭލު އަދި ރީޓެއިލްކޮން އެންމެ ހެޔޮ އަގުގައި ގަތުމަށް “ހެޔޮ ފިހާރަ” ޚިޔާރު ކުރުމަށް އެ ފިހާރައިން އެދިއްޖެއެވެ. އެގޮތުން ހެޔޮ ފިހާރައިން ...