ސަރުކާރުން އެއްވެސް މަޝްރޫއެއް ނުފަށާ ވާހަކަ ރައްޔިތުން ދައްކާނެ: ޝަކީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް މަޝްރޫއުއެއް ނުފަށާ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ޝަކީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރި ކަމުގެ ދައުވާގެ ޝަރީއަތް ޓީވީއިން ވަގުތުން ދައްކައިގެން ކުރިއަށް ގެންދިޔަސް، މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ނުހިންގާ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށެވެ.
ޝަކީލު އެފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ޓީވީތަކުން ލައިވްކޮށް ދައްކާފައިވާއިރު، އެއީ ފަހުގެ ތާރީހެއްގެ އެފަދަ ޝަރީއަތތެއް ލައިވް ކުރި ފުރަތަމަ ފަހަރެވެ.
އެއީ ސިޔާސީ ގޮތުން ރައީސް ޔާމީންއާއި އިދިކޮޅު ޕާޓީތައް ބަލިކަށި ކޮށްލުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން ވަނީ ސިފަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް