ބާާ ކައުންސިލްގެ އެކްސްކޯ އިންތިޚާބުކޮށްފި
ގާނޫނީ ފަންނުގެ ބިލުން އުފެދިގެންދިޔަ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުން އިންތިޚާބުކޮށްފިއެވެ.
ގާނޫނީ ވަކީލުންގެ މެދުގައި އިއްެޔެ ބޭއްވުނު އިންތިޚާބަކުން ހޮވާފައިވަނީ ހަ ވަކީލުންނެވެ.
ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި މި ހަ ވަކީލުންނަކީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު ކުރީގެ އަނާރާ ނައީމް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު މުއިއްޒު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން، މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު އަސީލް ހަސަނެވެ.
މި ފަރާތްތަކުގެ ތެެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ ކުރީގެ މުހައްމަދު ފައިސަލްއަށެވެ. އެބޭފުޅާއަށް ލިބިވަޑައިގެންފައި ވަނީ 631ވޯޓެވެ.
ރޭވަނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސްވެސް އިންތިޚާބުކޮށްފައެވެ.
އެގޮތުން ބާ ކައުންސިލްގެ ރައީސްއަކަށް މައުމޫން ހަމީދު ހޮވިއިރު، ނައިބަކަށް ހޮވާފައިވަނީ އަބްދުﷲ މުއިއްޒެވެ.
ފޮޓޯ: އަވަސް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް