މާމިގިލީ މަގުތަކުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ: އާރުޑީސީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އދ.މާމިގިލީގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ރޮޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާމިގިލީ މަގުތައް ހެދުމުގެ މަސައްކަތް ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. މިގޮތުން މާމިގިލީގެ ބައެއް މަގުތަކުގެ ދުވށާރާއި ފެންހޮޅި އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަން އާރުޑިސީން ފާހަގަކުރިއެވެ.
އެގޮތުން ޖަވާހިރު މަގުގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ދަނީ ކުރަމުންދާއިރު، ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
އާރުޑިސީން މިހާރުވެސް ދަނީ ސެންޓްރަލް ރީޖަންގެ 7 ރަށެއްގެ މަގުތައް ތަރައްޤީކުރުމުންނެވެ. އެ ރަށްތަކަކީ، ނ އަތޮޅުން ހޮޅުދޫ، ވެލިދޫ، ޅ.ހިންނަވަރު، މ.މުލައް، އއ.ތޮއްޑޫ، އަދި އދ.މާމިގިގިއްޔާއި، ދ.ކުޑަހުވަދޫއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް