ކާނަލް ނާޒިމް ރާއްޖެއަށް، ސިޔާސީ މިސްރާބް ޖޭޕީއަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބޭސްފަރުވާ އަކަށް މެލޭޝިއާއަށް ވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އޮކްޓޯބަރ ހަތަރުވަނަ ދުވަހު ބޭސްފަރުވާއަށް ވަޑައިގެންނެވި ނާޒިމް ރާއްޖެ ވަޑައިގެންފައިވަނީ އެމަނިކުފާނު މައްޗައް އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ސުޕްރީމް ކޯޓުން ފަސްކުރުމަށް އަމުރުކޮށްފައިވަނިކޮށެވެ. އެހެންކަމުން ކާނަލް ނާޒިމް ރާއްޖެ ވާޑައިގެންނެވީ މިނިވަނެއްގެ ގޮތުގައެވެ.
Col @nazim7878 arrives in Maldives pic.twitter.com/lJjLfWQUNe
— Col.Nazim Press (@nazimpress) November 11, 2018
ރާއްޖެއަށް އެނބުރި ވަޑައިގެން ކާނަލް ނާޒިމް ވިދާޅުވީ ތިން އަހަރާއި ނުވަ މަސްދުވަހުގެ އަނިޔާވެރިކަން ތަހައްމަލު ކުރުމަށްފަހު މިނިވަންކަން ލިބުނު ކަމަށް މިއަދު ގަބޫލުކުރާ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މިއާއެކު ކާނަލް ނާޒިމް ވަނީ ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ދިއުމަށް ނިންމާފައިކަން ވަނީ ހާމާކޮށްފައެވެ. ކާނަލް ނާޒިމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓަރ ކަމަށް އަތުވެދާނެކަމަށް ކުރިންވެސް އަޑު ފެތުރިފައިވާ ފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ކާނަލް ނާޒިމް ރާއްޖެވަޑައި ގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްއާއި އަދާލަތް ޕާޓީގެ އިސްވެރިންނާއި މަޖިލިސް މެންބަރުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް