ވެރިކަން ލިބުމުން އެމް.ޑީ.ޕީ އިން ކެޔޮގަސް ކަނޑާލީ: ފުވާދު
އެމްޑިީޕީން ބޭނުންވީ “މޭވާ ދެމުން އައި ގަސްތައް” ކަނޑާލުން ކަމަށާއި، މިހާރު އޭނާގެ ބޭނުން އެ ޕާޓީއަށް ނެތް ކަމަށް ވިދާޅުވެ ފުވާދު ތައުފީގު ޓްވީޓެއް ކުރައްވައިފިވެ.
އެމްޑިީޕީން ބޭނުންވީ “މޭވާ ދެމުން އައި ގަސްތައް” ކަނޑާލުން ކަމަށާއި، މިހާރު އޭނާގެ ބޭނުން އެ ޕާޓީއަށް ނެތް ކަމަށް ވިދާޅުވެ ފުވާދު ތައުފީގު ޓްވީޓެއް ކުރައްވައިފިވެ.
ފުވާދު ތައުފީގު ފަދަ އިހުލާސްތެރި ބޭފުޅަކު އެމްޑީޕީއަށް ގެއްލުނީ ކިހިނެއްތޯ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ސުވާލު ކުރެއްވުމުން، ޝަހީދަށް ޖަވާބު ދެއްވަމުން ފުވާދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ޖެހެންދެން އެމްޑީޕީގެ ޓީމާއެކު އޭނާ މަސައްކަތް ކުރެއްވިކަމަށެވެ.
I think it was simply politics. I was very much active with MDP Team until the 2018 Presidential Election was over. When President @ibusolih had victory, MDP leadership wanted to cut down the banana trees that gave fruits. I was one of the unfortunate ones. https://t.co/F45djqEtGe
— Fuwad Thowfeek (@FuwadThowfeek) March 18, 2019
“ރައީސް ސާލިހަށް ވެރިކަން ލިބި ވަޑައިގަތުމުން އެމްޑީޕީން ބޭނުންވީ މޭވާ ލިބެމުން އައި ކެޔޮ ގަސްތައް ކަނޑާލާން . އަޅުގަނޑު ހިމެނެނީ މި ބަދު ނަސީބުވެރިންގެ ތެރޭގައި،” ފުވާދު ވިދާޅުވިއެވެ.
ފުވާދު ތައުފީގަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރު ސުޕްރީމް ޕޯޓުން ރިޔާސީ އިންތިހާބުގެ ތެރެއަށް ވަދެ އިންތިހާބު ބާތިލުކުރުމުން ފުވާދު ވަނީ އެކަމާއި ފާޅުގައި ދެކޮޅު ހައްދަވާފައެވެ.
ފުވާދު ގެންދަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން މައްޗަން ގޯޅި ދެކުނު ދާއިރާއަށް ވާދަކުރައްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް