މީޑިޔާތަކަށް އިންޓަރނެޓް އަގުހެޔޮކުރެވޭތޯ ބަލަނީ
ރާއްޖޭގެ މީޑިޔާތަަކުގެ ބޭނުމަށް އިންޓަރނެޓް އަގުހެޔޮކުރެވޭތޯ ސަރުކާރާއި މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވިފައިވަނީ މޯލްޑިވްސް މީޑިޔާ ކައުންސިލާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން،ސައިންސް އެންޑް ޓެކްނޮލޮޖީއާއި ދެމެދުގައެވެ.
މިއަދު ހެނދުނު އޮތް އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މީޑިޔާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވަނީ މީޑިޔާތަކުގެ މާލީ ހާލަތަށް ބަލާއިރު، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.
އަދި މީގެ ސަބަބުން އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތައް ހިންގުމުގައި ދަތިވާކަން ފާހަގަކުރައްވައި އެކަންކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އެބޭފުޅާ ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުުވުމުގައި މިނިސްޓަރ މަލީހު ވަނީ މީޑިޔާތަކަށް އިންޓަރނެޓް އަގުހެޔޮކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދޭނެކަމަށްވެސް ވިދާޅުވެފައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް