އެއަރބީއެންބީ ބިލް ނުދެއްކުމުން ގެސްޓަކު މަރާލައިިފި
އެއަރބީއެންބީގެ ގެސްޓަކު، މީހެއްގެ ގޭގައި ހުރުމަށްފަހު އެމީހާ ފައިސާ ނުދެއްކުމުން ގެސްޓްމީހާ މަރާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އޮސްޓްރޭލިޔާގައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި 2017 ވަނަ އަހަރު ހިނގި މި ހާދިސާގައި ގެސްޓްމީހާ މަރުވެފައިވަނީ ގޭގެ ވެރިމީހާއާއި އެގޭގައި އުޅޭ ދެމީހަކު ވެގެން އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުންނެވެ.
މި މަރުގެ ހާދިސާއާއި ގުޅިގެން އޮތް ޝަރީއަތުގެ މަޖިލީހުގައި ހާާމަވެފައިވާ ގޮތުގައި އެ ގެސްޓް މީހާ މަރާލާފައިވަނީ އޭނާ ޗެކިންގްކުރަން ދިޔަ ވަގުތުގައި، ބިލް ދެއްކުމަށް 10 އޮަސްްޓްރޭލިޔާ ޑޮލަރު މަދުވުމުގެ ސަބަބުން ދިން އަނިޔާތަކުގައެވެ.
އެގޮތުން އެގޭގެ ވެރިފަރާތާއި ގޭގައި އުޅޭ ދެމީހުންވެގެން ވަނީ އޭނާ ހިފަހައްޓައި، ކަރުގައި ހިފައި، ބިންމަތީގައި ދަމާފައި ގެންގޮސް ހޭނެތޭވަރު ވަންދެން އަނިޔާކޮށްފައެވެ.
މިކަމާއި ގުޅިގެން ގޭގެ ވެރިފަރާތަށް ވަނީ 20 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް