ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްލާގެ ބަދަލުގައި ބްރޯޑްކޮމްއަށް އެމްޑީޕީ އެކްޓިވިސްޓް ގައިސް!
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމުގައިވާ އަހުމަދު ގައިސް އައްޔަންކޮށްފިއެވެ.
ގައިސް މި މަގާމަށް އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވި ލިސްޓުންނާއި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އެއްވަަނަ ލިބުނު ސަންގު ޓީވީގެ ނޫސްވެރިޔާ ޝިފްލާ އިބްރާާހިމްެގެ ބަދަލުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ގައިސް، މަރިޔަމް ވަހީދާ އަދި އަލީ ޔޫސުފް ބްރޯޑްކޮމްގެ މެންބަރުންނަށް އައްޔަންކުރުމަށް ވިޕެއްވެސް ނެރެފައެވެ.
ގައިސްއަކީ އެއްވެސް މިންވަރަކަށް މީޑިޔާއެއްގައި ހަރަކާތްތެރިވެފައިވާ ފަރާތެއްކަން ކަށަވަރުވެފައެއް ނުވެއެވެ.
ގައިސްއަކީ އެމްޑީޕީގެ ޓިކެޓެއްގައި ގދ.އަތޮޅު ކައުންސިލްގައި އިންނެވި ބޭފުޅެކެވެ. އަދި ގައިސް ވަނީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތިނަދޫ އުތުރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބު ވެވަޑައިގެންފައެވެ. މީގެ އިތުރުން އޭނާއަކީ އެފްއެސްއެމްގެ އެމްޑީ އަދި ކުރީގެ މެންބަރު އަހުމަދު ގަސަމްގެ ކޮއްކޮވެސްމެއެވެ.
މި މަގާމަށް ގައިސް އައްޔަންކުރުމަށް އެމްޑީޕީން ނިންމުމާއި ގުޅިގެން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
މިމަގާާމަށް ނުހޮވުނު ޝިފްލާ ވަނީ އޭނާއަށް ގުޅި އަދި މެސެޖް ކުރި ފަރާތްތަކަށް ޝުކުރު އަދާކޮށް ފޭސްބުކްގައި ޕޯސްޓެއް ޝާއިއުކޮށްފައެވެ. ޝިފްލާ ވަނީ ހޮވުނު ފަރާާތްތަކަށް މަރުހަބާ ކިޔައި، ދާއިރާއާއި މެދު ކުރާ އުންމީދު އެ ވޯޓުގެ ސަބަބުން ބަދަލުވެެގެން ނުދާނެކަަމަށް ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް