ރިސޯޓުގެ ގޮތުގައި ތަރައްގީކުރާ 29 ރަށެއް އިއުލާންކޮށްފި
ރިސޯޓުގެ ގޮތުގައި ތަރައްގީކުރާ 29 ރަށެއް ސަރުކާރުން އިއުލާންކޮށްފި އެވެ.
ރިސޯޓުތައް ތަރައްގީ ކުރާނެ ރަށްތައް އިއުލާނުކޮށްދެއްވީ، ރޭ ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފުލާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވަނީ
ހއ. މާފިިނޮޅު
- ހއ. ދައްޕަރު
- ހއ. މެދަފުށި
- ހއ. އަލިދުއްފަރު ފިނޮޅު
- ހދ. ހޮނޑައިދޫ
- ހދ. ކުޑަފަރު ފަސްގަނޑު
- ހދ. ވައިކަރަމުރައިދޫ
- ށ. ނަލަންދޫ
- ށ. ކުޑަޅައިމެންދޫ
- ށ. ފުށިފަރު
- ނ. ކުންނަމަލައި
- ރ. އަލިފުށި ފަޅުން ބިން ހިއްކައިގެން ރ. އެއްތިގިއްޔާއެކު
- މ. ސީދީހުރާ (ސީދީހުރާ ވެލިގަނޑާއެކު)
- މ. ބޯހުރާ
- ފ. އެނބުލުފުށި
- ފ. ޖިންނަތުގައު
- ތ. ކާއްޑޫ
- ތ. ކަނިމީދޫ
- ތ. އޮޅުފުށިފިނޮޅު
- ލ. ކަށިދޫ
- ލ. ބޮޑުމުންޏަފުށި
- ލ. ދޮންބެރަހާ (ހޮޅުރަހާއާއެކު)
- ގއ. މާރެހާ
- ގއ. ފުނަދޫވިލިނގިއްލާ
- ގދ. ކަނޑަހަލަގަލާ
- ގދ. ފެރޭތަވިލިގިއްލާ
- ގދ. ކަޑަވާރެހާ (ދިގުރެހާއާއެކު)
- ސ. ހަންކެޑެ އެވެ.
މީގެއިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ވަނީ ޓޫރިޒަމްަށް ބިން ދޫކުރަން ނިންމާފައެވެ. އެގޮތުން ބިން ދޫކުރަން ނިންމާފައިވަނީ
- ހއ. އުލިގަމުން: 23.25 ހެކްޓަރު
- ހއ. ކެލާ: 8.5 ހެކްޓަރު
- ހދ. ނޮޅިވަރަންފަރުން 0.5 ހެކްޓަރު
- ގދ. ވާދޫ: 0.5 ހެކްޓަރު
- ލ. ގަން: 19.86 ހެކްޓަރު
- ފުވައްމުލައް ސިޓީ، 2.7 ހެކްޓަރު
- އައްޑޫ ސިޓީ، 16.67 ހެކްޓަރުގެ ބިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ”ވަން އައިލެންޑް ވަން ރިސޯޓު“ ކޮންސެޕްޓަށް މުޅި ރާއްޖެއިން 29 ރަށް ތަރައްގީކުރަން ނިންމާފައި ވާކަމަށެވެ.
އެހެންކަމުން މި ސަރުކާރުގެ ދައުރު ފުރިހަމަ ވާއިރު 13،720 އެނދާއެކު 18،672 ވަޒީފާ އުފެދިގެން ދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދުގެ ވާހަކައިގައި ވިދާޅުވިއެވެ.
އަލީ ވަހީދުގެ ވާހަކައިގައި ފާހަގަ ކުރެއްވީ ހދ. އަތޮޅުގެ ރަށްތައް ހޯދަން ވަރަށް ބުރަ މަސައްކަތް ކުރަންޖެހުނު ކަމަށާއި ވަރަށް ބޮޑު ޗެލެންޖެއް ދިމާވިކަމަށެވެ. އަދި ހދ. ގައި ސައިޒުން ބޮޑެތި ރަށްތައް އެބަހުރިކަމަށާއި ފުޓް ސެކިއުރިޓީއަށާއި އެހެން ސިނާއަތްތަކަށް ދޫކުރުމަށް އެސެސްމެންޓްހަދައި، ބައެއް ރަށްރަށް އުނިކޮށްފައިވާކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް