"ޑރ ޕެޕާ" ގައި ގިނަ އަދަދަކަށް އެސިޑް، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
"ޑރ ޕެޕާ" ގައި ގިނަ އަދަދަކަށް އެސިޑް ހިމެނޭތީ އެ ބާވަތުގެ ބުއިން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ވަނީ އެލާޓެއް ނެރެފަ އެވެ. އެމްއެފްޑީއޭ އިން ބުނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ" ގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ބެންޒޮއިކް އެސިޑް އިތުރުވުމުގެ ސަބަބުން މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އަންގާ ކަމަށެވެ.
މި އުފެއްދުން ރާއްޖޭއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށާ އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގާ ކަަމަށް ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް