N/A
N/A
ހަބަރު 29 Jun 2019 | 16:01

އިދިކޮޅު ސިޔާސީ ހަރަކާތް މަރުވެއްޖެ

2005ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމުގެ ރަސްމީ ހުއްދަ ދިނުން ވެގެންދިޔައީ ގައުމުގެ މުޅި މިސްރާބު ބަދަލުވެގެންދިޔަ ކަމަކަށެވެ. ސިޔާސީ މަސްރަހުގައި އެންމެ ފިކުރެއްގެެ ބަޔަކު ހަރަކާތްތެރިވުމުގެ ބަދަލުގައި، ގިނަ ސިޔާސީ ވިސްނުންތައް ހިމެނޭ ޑިމިކްރާތީ އުސޫލުތަކާއި ދިމާލަށް ދިވެހި ދައުލަތް މިސްރާބު ޖެހިއެވެ. އެއް ބަޔަކަށް ޑިމޮކްރަސީއަކީ ހަލާކެކެވެ. އަނެއްބަޔަކަށް ޑިމޮކްރަސީ ވެގެންދިޔައީ އަމާންކަމުގެ އައްސޭރިއަކަށެވެ.

އެ ޒަމާނުގައި ދައުލަތުގެ ބާރުތައް ޒިންމާދާރުކޮށް، އެފަރާތްތަކަށް ފާޑުކިޔުމަކީ ދިވެހިންނަށް ކުޑަކޮށް ބީރަށްޓެހި ކަމެކެވެ. ނަމަވެސް އެކަން މަޑުމަޑުން ދިވެހިންގެ މެދުގައި އަށަގެނުވީ އޭރުގެ އިދިކޮޅުގެ މައި ޕާޓީގެ ފަރާތުންނެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން އޭރު ދިޔައީ ކުރެވުނު ގޮތްގޮތަށް ކުރީގެ ރައީސް މައުމޫންގެ ސަރުކާރު ޒިންމާދާރު ކުރުވަމުންނެވެ. މީޑިޔާއާއި މަގުމަތިންނެވެ. މަޖިލީހާއި މިނިވަން ބަހުސްތަކުންނެވެ.

މިކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ މާާނަވީ ޑިމޮކްރަސީއެއްގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރުގެ މުހިންމުކަން، ދިވެހިންގެ ތެރެއިން ގިނަބަޔަކަށް ވިސްނިގެން ދިޔުމެވެ.

އެ ދުވަސްވެސް މާޒީގެ ސަފްހާތަކުގެ ތެރެއަށް ގެއްލި ނިމިއްޖެއެވެ. އޭގެ ފަހުން، އިިދިކޮޅު ސިޔާސީ ހަރަކާތްތައް ދިވެހިރާއްޖޭގައި ކޮންމެ ސަރުކާާރެއް އަޔަސް ބާރުމިނުގައި ކުރިއަށްދެއެވެ. މަޖިލީހުގެ ތަޅުމުގެ އިތުރުން، މަގުމަތީގެ ހަރަކާތްތަކާއި ޖަލްސާތައްވެސް ކުރިއަށްދެއެވެ. ނަމަވެސް މިފަހަކަށް އައިސް، އެކަން ފެންނަންނެތުމަކީ ހިތާމައާއި އެކު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި، ޕީޕީއެމްގެ ނާކާމިޔާބީ އަކީ އެޕާޓީގެ އެއްވެސް ފަރާާތަކުން ވިސްނިކަމެއް ނޫނެވެ. އެ ނާކާމިޔާބީއަށްފަހު އެޕާޓީ ހިންގާނެ ގޮތެއް ނޭނގި ޕާޓީގެ މިސްރާބު މަޑުޖެހުނުކަަމަކީ ގިނަބަޔަކު ދަންނާނެ ކަމެކެވެ. އިންތިޚާބު އޮޅުވާލީކަމަށްބުނެ ބޭއްވި ދެތިން އެއްވުމާާއި، ރައީސް ސޯލިހުގެ އިންޑިޔާ ދަތުރާއި ދިމާކޮށް ބޭއްވި އެއްވުމާއި ރައީސް ޔާމީން ހައްޔަރުކުރުމަށްފަހު ބޭއްވި އެއްވުމަށްފަހު އެ ޕާޓީގެ ބޮޑު ހަރަކާތްތަކެއް ފެނިފައެއް ނުވެއެވެ. ކުރިން މި ފާހަގަކުރި ހަރަކާތްތަކުގައިވެސް ބައިވެރި ވެފައިވަނީ އެޕާޓީގެ މެންބަރުންގެ ނިސްބަތާއި އަޅާބަލާއިރު، މަދު އަދަދެކެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބަށް އިދިކޮޅު ފަރާތްތައް ނިކުތީ ސަރުކާރު ކޯލިޝަންގެ ޕާޓްނަރެއްކަމުގައިވާާ ޖޭޕީއާއިވެސް އެކުގައެވެ. އަދި އަމިއްލަ ޕާޓީވެސް ދެބަޔަކަށް ބަހާލައިގެންނެވެ. ޕީޕީއެމްއާއި ޕީއެންސީގެ ނަމުގައި އެއް ފިކުރެއްގެ، އެއް އޮފީހެއްގައި ހިންގާ މި ދެ ޕާޓީއާއި ޖޭޕީން އިންތިޚާބުގައި ނިކުމެ ވާދަކުރި އިރު، ދެޕާޓީ އެއްކޮށްލައިގެން ލިބުނީ މަދު އަދަދެކެވެ. އެ ފަރާތްތަކުން ބުނިގޮތުގައި އެކަން އެގޮތަށް މެދުވެރިވާން ފެށީ ރައީސް ޔާމީން ޖަލަށްލައި، އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒްކުރުމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހުރިހާ އިިދިކޮޅު ސިޔާސީ ލީޑަރުންނެއް ކަހަލަ ގޮތަކަށް ޖަލަށްލައި، އިދިކޮޅުގެ ފައިސާ ލިބޭ މަގެއްކަމުގައިވާ އޮަނަރަބަލް ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރިއެވެ. ނަމަވެސް އެ ހާލުގައިވެސް އިދިކޮޅު އިއްތިހާދުން ހަރަކާތްތައް ހިންގިއެވެ. ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބު ކުރިއެވެ. އެހެންކަމުން ސުވާލު އުފެދެއެވެ. ޕީޕީއެމްއަށް ހަރަދުކުރާނެ ފަދަ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތައް ނެތީބާވައެވެ؟ ނުވަތަ އެތެރޭގެ ހިންގުމުގެ ނިޒާމު އެންމެ ފަރާތެއްގެ ވަށައިގެން ބިނާވެފައި އޮތީބާވައެވެ؟

އެ ނާކާމިޔާާބީންވެސް އަރައިގަންނަން މާބޮޑު މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެއެވެ. މަޖިލީހުގެ ތަޅުމުގައި ސަރުކާާރަށް ބިނާކުރަނިވި ވަރުގަދަ ރައްދެއް ކުރިމަތިނުކުރުވާާ ތަނުގައި، ކޮންެމެ ކަމެއްވެސް ވުމުން ބަޔާނަކުން ފުއްދާލަނީއެވެ.

މި ސަރުކާރު އުފެދުނުފަހުން ހަގީގަތުގައި ބުނަނީނަމަ ހަގީގީ އިދިކޮޅު ހަރަކާތެއް ނުފެނެއެވެ. ފެންނަނީ ޖަމްއިއްޔާ އެއްހެން ބަޔާން ނެރޭ ދެ ޕާޓީއެވެ. ފަހަރުގައި އިހަށް މަޑުން ތިބެފައި ފަހުން ގަދަވާން ވިސްނަނީ ކަމަށްވެސް ވެދާނެއެވެ. ނަަމަވެސް އަދުގެ ހަގީގަތަކީ މިއީއެވެ. އިދިކޮޅު ސިޔާސީ ހަރަކާތް މަރުވެއްޖެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...