މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން ވަގަށް ނެގި ރިހާކުރު ޓައްޕުތަކެއް ހޯދައިފި
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން ވަގަށް ނެގި ރިހާކުރު ޓައްޕުތަކެއް ހޯދައިފި ފުލުހުން ހޯދައިފިއެވެ.
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން ވަގަށް ނެގި އެ ޓައްޕުތަކުގެ ޖުމުލައަގު 50،000 ރުފިޔާއަށް އަރާނެކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ރިޕޯޓުކުރެވުނީ މިދިޔަ ހުކުރު ދުވަހުއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ރިޕޯޓުކުރެވުނު ފަހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު، އެ ޓައްޕުތައް ހޯދިފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައި ކުރި މަސައްކަތުންނެވެ.
ފުލުހުން އިތުރަށް ބުނާ ގޮތުގައި މި ޓައްޕުތައް ފެނުނީ މީހަކަށް ވިއްކާލުމަށްފަހު، ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް