މުޅި ސީރިޔާއަކީ ހަނގުރާމަވެރި ސަރަހައްދެއްކަމަށް ކަނޑައަޅައިފި
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މުޅި ސީރިޔާއަކީ ހަނގުރާމައިގެ ސަރަހައްދެއްގެ ގޮތަށް ދިވެހި ސަރުކާރުން ކަނޑައަަޅައިފިއެވެ.
މިކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
ގެޒެޓްގައިވާ އިއުލާނުގައި ބުނީ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ކަނޑައަޅައިފައިވާ ކަމަށެވެ.
މިއަދު މި ލިސްްޓް އާންމުކުރެވުނު އިރު ހައިއަތު ތަހްރީރު އަލް ޝާމް އަދި ހުއްރާސް އައް ދީން އަލަށް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން ހަނގުރާމަވެރި ސަރަޙައްދުގެ ގޮތުގައި ސީރިޔާގެ ހުރިހާ ސަރަޙައްދެއްވެސް ވަނީ ހިމަނާފައެވެ.
ދާދިފަހުން ތަސްދީގުކުރެވުނު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައިވާ ގޮތުގައި ހަނގުރާމަ ހިނގާ ސަރަހައްދަކަށް ހުއްދަނެތި ދިއުމަކީ މަނާކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް