ސައިކަލެއް ވަގަށް ނަގައިގެން ދުއްވިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ގްލޯރީ، އަހުމަދު ވިސާން (30އ) އާއި ގދ. ގައްދޫ / ބުލާޝަމްއާގެ، މުޙައްމަދު ޢަޠީފް (48އ) އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކޮށްފައިވެއެވެ.
އަދި ހުޅުމާލެ ދިއްގާމަގު، ބީޗް ކުލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްކަން ތުހުމަތުކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް