N/A
N/A
ހަބަރު 11 Nov 2018 | 20:28

ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް އަދިވެސް މަސައްކަތް ކުރަންވެފައި އެބަހުރި: ރައީސް މައުމޫން

ރާއްޖޭގެ ޖުމްހޫރީ ތާރީހުގައި ހިނގާފައިވާ ކަންތައްތަކުން ހާމަވަމުންދާ އެންމެ މުހިންމުކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް އަދިވެސް ގިނަ އަދި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ކަމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ވޭތުވެގެންދިޔަ ދިގު މުއްދަތުގައި، ތަފާތު އިމްތިހާންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިއުމާއި، ދެވަނަ ޖުމްހޫރިއްޔާ ގާއިމްކޮށް، އެ ނިންމާ، މަލްޓި ޕާޓީ ޑިމޮކްރަސީއެއް ހޯދަން ދިވެހިން ކުރި މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.

އަދި އެއަށްފަހު ހިނގާފައިވާ ދިހަ އަހަރުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތުން ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް އަދިވެސް ގިނަ އަދި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެމަނިކުފާާނު ވަނީ ބަޔާންކުރައްވާފައެވެ.

ބަޔާން ނިންމަވާލައްވަމުން ރައީސް މައުމޫން ވަނީ މިވަގުތު މިތިބީ ސިޔާސީ ހަތަރު އަނގޮޅިއެއްގައިކަން ފާހަގަކޮށް، އާ ދައުރެއް ފެއްޓުމުގެ މަރުހަލާގައި ގިނަ ކަންކަން ކުރަން ޖެހިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ބޭފުޅާއެވެ. ރައީސް މައުމޫން ވަނީ ޖުމްލަ 5 އަހަރުގެ 6 ދައުރު ފުރިހަމަކުރައްވާ، 30 އަހަރު ރާާއްޖޭގައި ވެރިކަންކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.