އިންޑިއާ އާއި ޗައިނާގެ ބޯޑަރުގައި އިންޑިއާގެ ސިފައިންތަކެއް-- ފޮޓޯ: އޭއެފްޕީ
އިންޑިއާ އާއި ޗައިނާގެ ބޯޑަރުގައި އިންޑިއާގެ ސިފައިންތަކެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ 22 Oct 2024 | 05:03

ބޯޑަރުގައި ފޯރިމެރުމާއި ގުޅޭ ގޮތުން އިންޑިއާއާއި ޗައިނާ އެއްބަސްވުމަކަށް

އިންޑިއާ އާއި ޗައިނާއިން ދެގައުމުގެ ބޯޑަރު ބެލެހެއްޓުމުގައި ދެގައުމުގެ ގުޅިގެން މަސައްކަތްކުރާ ގޮތަށް އެއްބަސްވެފައިވާކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބުނެފިއެވެ.

މިއީ 2020 ވަނަ އަހަރު ހިމާލަޔާގައި ހުރި ދެ ގައުމުގެ ދެމެދުގައި ޚިލާފު އުފެދިފައިވާ ސަރަޙައްދާއި ގުޅޭ މައްސަލަ ހައްލުވުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިގޮތުން ވިކްރަމް މިސްރީ ބުނީ، ދެ ގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ވަގުތީ ބޯޑަރު ކަމަށްވާ، އެލްއޭސީ (ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް) ގައި ފޯރިމެރުމާއި ގުޅޭ ގޮތުން އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ.

އެލްއޭސީ ގައި މީގެ ކުރިން އެތަކެއް ފަހަރު ހަމަނުޖެހުންތައް ހިނގާފައިވާއިރު، މި ހަމަނުޖެހުންތަކުގައި އެތައް ސިފައިންނެއް މަރުވެ ޒަޚަމް ވެފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

އެލްއޭސީ އަކީ ހިމާލަޔާގައި ހިމެނޭ 3،488 ކިލޯމީޓަރު (2،167 މޭލު) ދިގު ސަރަޙައްދީ ރޮނގެކެވެ. މި ރޮނގަކީ އޭޝިޔާގެ ދެ ބޮޑު ޤައުމު ކަމުގައިވާ އިންޑިޔާ އާއި ޗައިނާ ހިއްސާކުރާ ސަރަޙައްދީ ރޮނގެކެވެ.

ޗައިނާއިން މި ރޮނގުގެ ކުޑަ ބަޔަކަށް ދައުވާ ކުރާއިރު، މި ރޮނގުން ވަކިކުރަނީ ހުޅަނގުން ލަޑާޚް އިން ފެށިގެން އިރުމަތީގައިވާ އިންޑިޔާގެ އަރުނާޗަލް ޕްރަދޭޝް ސްޓޭޓާ ހަމައަށް އޮތް ޗައިނާ އާއި އިންޑިޔާގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކެވެ.

ޗައިނާއިން އަރުނާޗަލް ޕްރަދޭޝްގެ މުޅި ސަރަޙައްދަށް ދަޢުވާކުރާއިރު، އެ ސަރަޙައްދަކީ އެ ޤައުމުގެ ޓިބެޓް ސަރަޙައްދުގެ ބައެއް ކަމުގައި ދެކެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...