ދަރުމަވަންތަ ޕާޓީ ހެދުމުގެ ހުއްދަ ދީފި
ދަރުމަވަންތަ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
މި ހުއްދަ ދޫކޮށްފައިވަނީ ކުރީގެ އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމުގައިވާ އަހުމަދު ޝަފީގުއެވެ.
ޝަފީގު މީގެ ކުރިން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޕާޓީ އުފައްދަވާފައިވަނީ ރާއްޖޭގެ ސިޔާސީ ވުޖޫދަށް ރަނގަޅު ޕާޓީއަކާއެކު ރަނގަޅު ލީޑާޝިޕެއް ގެނައުމަށް ކަމަށެވެ.
އަދި އެޕާޓީން އަމާޒުކުރާނީ 2023ވަނަ އަހަރު ރާއްޖޭގެ ވެރިކަަމަށް އައުމަށްކަމަށް ޝަފީގު ވިދާޅުވިއެވެ.
ޝަފީގު އާންމުންގެ މެދުގައި މަގުބޫލުވެފައިވަނީ ދިވެހި އޮބްސާވާ ނަމުގައި ރައީސް މައުމޫނުގެ ސަރުކާރާއި ދެކޮޅަށް ހިންގި ނޫހުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް