ޓަގްބޯޓެއްގައި އިންޑިޔާއަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްފި
އިންޑިޔާގެ ޓުޓިކޮރިންއަށް ޓަގުބޯޓެއްގައި އެތެރެވާން އުޅެނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު އިންޑިޔާއަށް ދަތުރުކުރެއްވީ މީގެ ތިން ދުވަސް ކުރިންނެވެ. އެބޭފުޅާ އިންޑިޔާއަށް ދަތުުުރުކުރެއްވީ ވާރގޯ 9ކިޔާ ޓަގްބޯޓެއްގައެވެ.
އެގޮތުން އިންޑިޔާގެ މީޑިޔާތަކުން ވަނީ ޔަގީންކޮށްދީފައެވެ. އަދީބާއި އެކު އިތުރު ބަޔަކުވެސް ހައްޔަރުކުރިކަމަށް ވަނީ ބުނެފައެވެ.
އަދީބު އެގޮތަށް އިންޑިޔާއަށް ވަޑައިގެންނެވިއިރު، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ރާއްޖެ.އެމްވީ އިން ރިޕޯޓްކުރާ ގޮތުގައި ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އިންޑިއާއިން އޭނާ ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.
އަދީބު ފުރާވަޑައިގެންނެވި ބޯޓުގެ ފަޅުވެރިއަކު ރާއްޖެއެމްވީއަށް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ބުނީ އަދީބު މިވަގުތު ހުންނެވީ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
-ތަފްސީލް އަންނަނީ-
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް