ޙައްޖުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަވައިދެއްވީތީ، ރައީސްގެ ޝުކުރު ސަޢޫދީ ސަރުކާރަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިއަހަރުގެ ޙައްޖު މޫސުމުގައި، ޙައްޖާޖީންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާދެއްވާފައިވާތީ، އެކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޝުކުރު އަދާކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މިސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ ހައްޖުގެ މާތް ދުވަސްވަރު އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަމުގެ އުސޫލުތައް މުސްލިމު އުންމަތުގައި ދަމަހައްޓައި، ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމުގެ މަގު މިންވަރުކުރެއްވުން އެދި ދުއާވެސް ކުރައްވާފަ އެވެ.
މީގެ އިތުރުން އަޟްޙާ ޢީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސަޢޫދީ ވަލީއަޙްދާއި ސަޢޫދީ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ފޮނުވާފައިވެއެވެ.
އެމަނިކުފާނުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ސަޢޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ އަދި ސަޢޫދީ ވަލީއަޙްދަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް