ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުތައް އަލުން ގުނަނީ
އިއްޔެ ބޭއްވުނު ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުތައް އަލުން ގުނުމަށް ނިންމައިފިއެވެ.
ބާ ކައުންސިލްގެ ވޯޓުތައް އަލުން ގުނުމަށް ނިންމީ ކެނޑިޑޭޓެއްގެ ޝަކުވާއާއި ގުޅިގެންނެވެ. އެގޮތުން ދެ ކެނޑިޑޭޓެއްގެ މެދުގައި އެންމެ ވޯޓެއްގެ ފަރަގު އޮތުމުން ޝަކުވާ ވަނީ ހުށައަޅާފައެވެ.
އެއް ވޯޓުގެ ފަރަގު ވަނީ އަނާރާ ނައީމާއި އަބްދުލްމާނިއު ހުސައިންއާއި ދެމެދުގައެވެ.
ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި މި ހަ ވަކީލުންނަކީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު ކުރީގެ އަނާރާ ނައީމް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު މުއިއްޒު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން، މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު އަސީލް ހަސަނެވެ.
މި ފަރާތްތަކުގެ ތެެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ ކުރީގެ މުހައްމަދު ފައިސަލްއަށެވެ. އެބޭފުޅާއަށް ލިބިވަޑައިގެންފައި ވަނީ 631ވޯޓެވެ.
ރޭވަނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސްވެސް އިންތިޚާބުކޮށްފައެވެ.
އެގޮތުން ބާ ކައުންސިލްގެ ރައީސްއަކަށް މައުމޫން ހަމީދު ހޮވިއިރު، ނައިބަކަށް ހޮވާފައިވަނީ އަބްދުﷲ މުއިއްޒެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް