ފައިނާ ދޫކޮށްލީ ޝަރުތުތަކަކާއެކު، އަޒްހާދުގެ ބަންދަށް 15 ދުވަސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު އާއި އޭނާގެ ފިރިމިހާ އަހުމަދު އަޒްހާދު ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ މައްސަލާގައި އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު ކޯޓުން ފައިނާ ދޫކޮށްލައިފި އެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ފައިނާގެ ދެމަފިރިން ދިރިއުޅޭ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެއިންކްރެސްޓް އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ދެމަފިރިން ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ވެސް ވަނީ ޑްރަގް އެންފޯސްމަންޓުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ދެ މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދެންމެ ބުނީ އެތަނުން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށްވެސް ބުންޏެވެ. އަދި ހައްޔަރުކުރި ފިރިހެން މީހާ 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް